ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމުގެ މަޤުސަދުގައި އިހްޔާ ފޯރަމްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މައުމޫން ފައުންޑޭޝަނުން ބުނެފި އެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ ފުރަތަމަ ޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މާޗް މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 9:45 ގައި ކަމަށެވެ.
މި ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅު ދައްކަވާނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
Advertisement
އިހްޔާ ފޯރަމްތައް ފުރަތަމަ ބާއްވަން ފެށީ ރައީސް މައުމޫންގެ ވެރިކަމުގަ އެވެ. އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ އެ ޖަލްސާތައް ބާއްވަން ފެށީ އޭރުގެ ރިޔާސީ ގަނޑުވަރު މުލިއާގޭގަ އެވެ. ފަހުން އިސްލާމީ މަރުކަޒުގަ އެވެ. ކޮންމެ ސަރުކާރަކުން ވެސް އެ ފޯރަމްތައް ކުރިއަށް ގެންދެ އެވެ.
މައުމޫން ފައުންޑޭޝަނުން އިހްޔާ ފޯރަމްތަކެއް، ފުރަތަމަ ޖަލްސާ މާޗް 4 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ