މޫސުން ވަރަށް ގޯސް. ފެންބޮޑުވެދާނެކަމުގެ އިންޒާރު!

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރޭ މޫސުން ވަރަށްބޮޑަށް ގޯސްވެ، ފެންބޮޑުވެދާނެކަމުގެ އިންޒާރު މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިރޭ ދީފިއެވެ.
މެޓް އޮފީހުން މިރޭ ނެރުނު އޮރެންޖު އެލާޓްގައި ބުނެފައިވަނީ، ބ.އަތޮޅުން ފެށިގެން ދ.އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. މެޓް އޮފީހުން އެ ސަރަހައްދަށް އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 00:00 ޖެހުމާ ހަމަޔަށެވެ. 
މެޓް އޮފީހުން ވަނީ ކ.އަތޮޅުން ފެށިގެން މ.އަތޮޅާ ހަމަޔަށް މިރޭގެ ދަންވަރު 01:00 ގެ ނިޔަލަށް ޔެލޯ އެލާޓްވެސް ނެރެފައެވެ.
Advertisement
ކުރިއަށްއޮތް ދެދުވަހުވެސް މޫސުން ގޯސްވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނީ އަންނަ ހޯމަދުވަހުކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެ އަދި ހުޅުމާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުގައި ވަނީ ފެންބޮޑުވެފައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ސިފައިން ވަނީ އާދައިގެ މަތިން ފެންހިއްކަން ނިކުމެފައެވެ.
އެމްއެންޑިއެފުން ފެން ހިއްކަނީ..
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އަވައްޓެރި ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއާއި އެއާ ގުޅިފައިވާ ޓްރަފްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ