ކުޑަގިރި ފަޅުގައި ތަރައްގީ ކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ މަތިންދާ ބޯޓު ފައްތައިފި ކުޑަގިރި ފަޅުގައި ތަރައްގީ ކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ މަތިންދާ ބޯޓު ފައްތައިފި

ކ. ކުޑަގިރި ފަޅު ތެރޭގައި ތަރައްގީ ކުރާ ޑައިވް ސައިޓަށް އެއާ މޯލްޑިވްސްގެ ދެ މަތިންދާ ބޯޓު މިއަދު ފައްތައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި އެމްޓީސީސީ އާއި އެޗްޑީސީ ގުޅިގެން މި މަޝްރޫއު ހިންގަނީ ކުޑަގިރިއަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށެވެ.
މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުން އެނގޭ ގޮތުން، ކުޑަގިރި ފަޅަށް މިއަދު ފެއްތި ބޯޓުތައް ހުރީ އެއްކޮށް ސާފުކޮށް އޮޔާއި ރާޅަށް ގުޑާ ގުޑުން ކުޑަ ކުރުމަށްޓަކައި ފައި ތަނބުތަކެއް ޖަހައި ބަރުކޮށްފަ އެވެ.
ކުޑަގިރި ފަޅުތެރެއަށް އެއާ މޯލްޑިވްސްގެ ބޯޓެއް ފައްތާފައި -- ފޮޓޯ: އެޗްޑީސީ
އެ ބޯޓުތައް މިއަދު ފެއްތި ސަރަހައްދުގައި މައިގަނޑު ގޮތެއްގައި މިހާރު އަދި ހުރީ މަށި ވެލި ކަމަށް އީއައިއޭ ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެ ސަރަހައްދާ މާދުރު ނޫން ހިސާބުގައި ދިރޭގާ އެބަހުރި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ކުޑަގިރި ފަޅުތެރެއަށް ދެ މަތިންދާ ބޯޓު ފެއްތުމާއެކު އެ ސަރަހައްދު ވެގެން ދާނީ މުޅި ރާއްޖޭގައި ވެސް އޮންނަ ހަމައެކަނި އެއާކްރާފްޓް ރެކް ޑައިވް ސައިޓަށެވެ. މީގެ ކުރިން ފަތުރުވެރިންގެ މަގުބޫލުކަން ހޯދާފައި ވަނީ ވ. އަތޮޅުގައި އޮންނަ ޝިޕް ރެކާއި ހުޅުލެ ކައިރީގައި އޮންނަ ވިކްޓްރީ ރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ