ރައުދުއާ މެދު ހާއްސަ ގޮތަކަށް އަމަލުކުރިތޯ ސުވާލުކުރުުމުން ފުލުހުން ޖަވާބު ދޭން ދެކޮޅު ހަދައިފި ރައުދުއާ މެދު ހާއްސަ ގޮތަކަށް އަމަލުކުރިތޯ ސުވާލުކުރުުމުން ފުލުހުން ޖަވާބު ދޭން ދެކޮޅު ހަދައިފި

މާލޭގެ އުސް އިމާރާތެއްގެ މަތިން މިދިޔަ އޭޕްރިލް 18، ގައި ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގައި ތުހުމަތު އަމާޒުވާ ރައުދު އަހުމަދު ޒިލާލް، 21، އާ މެދު ހާއްސަ ގޮތަކަށް އަމަލުކުރިތޯ ސުވާލުކުރުުމުން ފުލުހުން ޖަވާބު ދޭން ދެކޮޅު ހަދައިފި އެވެ.
ފުލުހުންނާ އަދަދު އިން ސުވާލު ކުރީ ތަހުގީގުގެ ބޭނުމަށް ރައުދު މާލެ ގެނައުމަށްފަހު އަނބުރާ ދޫނިދޫއަށް ވަކިން ލޯންޗެއްގައި ގެންދިޔައީ ކީއްވެގެންތޯ އެވެ. ނަމަވެސް އެ ސުވާލަށް ޖަވާބެއް ދެވެން ނެތް ވާހަކަ އެ އިދާރާއިން ބުނެ އެވެ. .
"ޕޮލިސް މީޑިއާއިން މި ސުވާލުގެ ޖަވާބު ދެވެން ނެތް ވާހަކަ ދަންނަވަން،" ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އާންމުކޮށް މާލެ ގެނެސް، އަނބުރާ ދޫނިދޫއަށް ގެންދަނީ ދޯންޏެއްގަ އެވެ. އެގޮތަށް މީގެކުރިން ފުލުހުން އަމަލުކޮށްފައި ވަނީ ބަންދަށް ގެންދާ ސިޔާސީ ލީޑަރުންނާ މެދު އެވެ.
މި ސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލާ މަގާމުގައި ހުންނެވި ޝަމްއާން ވަހީދުގެ މައްޗަށް ޖިނާއީ ތުހުމަތެއްކޮށް ހައްޔަރުކޮށްފައިވާއިރު، އޭނާ މާލެ ގެނައުމަށްފަހު އަނބުރާ ދޫނިދޫއަށް ގެންދަނީ ވެސް އެހެން ގައިދީންނާ އެކު ދޯންޏެއްގަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް ހަ ދުވަސްވީ ފަހުން ހައްޔަރުކުރި ރައުދުގެ ބަންދާ މެދު މިދިޔަ ހުކުރު ދުވަހު ފަސް ދުވަސް ޖެހުމަށްފަހު، ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކުރީ އިއްޔެ އެވެ.
ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީ ގޭ ތެރޭގައި އޭނާއާ އެކު ރައުދު އުޅޭ މަންޒަރު އެ ގޭގެ ސީސީޓީވީ ފުޓޭޖުންނާއި އެ ގޭ ބޭރުގައި، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފުޓޭޖުތަކުން ފެނެ އެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރިލް 18، ވަނަ ދުވަހުގެ ހެނދުނު އެވެ. ހާދިސާގައި ޔުމްނުއަށް ލިބުނު ސީރިއަސް އަނިޔާތަކަށް މެލޭޝިއާގައި އަންނަނީ ފަރުވާ ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ