އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ތިބި ވަރަށް ބަލި ކުދިންގެ ތެރެއިން، މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ވީ ކިހިނެއް؟- އައިޖީއެމްއެޗުން ބުނިގޮތުގައި ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި ބައެއް ފަހަރު މި ފަދަ ބެކްޓީރިއާތައް އުފަންވެ އެވެ. މި ބެކްޓީރިއާ އާއްމު އެންޓި ބަޔޮޓިކަށް ނުގުޑަ އެވެ. އެހެންވެ، ނުރައްކާތެރި އިންފެކްޝަނަަކަށް މަގު ފަހިވެ އެވެ.
އެ ހޮސްޕިޓަލުން ބުނީ:
ބެކްޓީރިއާ ދެނެގަނެވުމާއެކު އިތުރަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް
މި ބެކްޓީރިއާގެ ސަބަބުން އެއްވެސް ކުއްޖެއް އަދި ސިއްހީ ފަރުވާ ދޭ މީހަކު ބަލި ނުވާ ކަމަށް
އައިޖީއެމްއެޗުން ބުނީ އެންމެންގެ ސަލާމަތަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.
އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ