މި އަންނަ އީދުގައި ވެސް މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާ މައިދާންތަކުގެ އިތުރުން މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައި ވަނީ މާފަންނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ ފޭސް އެކެއްގެ ސްޓޭޑިއަމް އާއި ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގަ އެވެ. ވިލިނގިލީގައި އީދު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މީގެ ކުރިން ވެސް އީދު ނަމާދު ކުރަމުން އަންނަ ވިލިނގިލި ފުޓުބޯޅަ ސްޓޭޑިއަމްގަ އެވެ.
އެ މައިދާންތަކުގެ އިތުރުން އީދު ނަމާދު ކުރަން ނިންމާފައިވާ މިސްކިތްތައް އެ މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
މި އަހަރުގެ ބޮޑު އީދުވާ ދުވަހަކީ މި އަންނަ ހުކުރު ދުވަހެވެ. އީދު ނަމާދު ކުރަން ފަށާނީ އެ ދުވަހުގެ ހެނދުނު 7:00 ގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ބޮޑު ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތް ވެއްޖެ ނަމަ، އާންމުކޮށް މާލެ ސަރަހައްދުގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ.
މި ފަހަރު ވެސް މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި އީދު ނަމާދު ކުރާނެ މި ފަހަރު ވެސް މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި އީދު ނަމާދު ކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ