ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލޭންނާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުނީ މެންދުރު 1:00 ޖަހަށް އުޅެނިކޮށެވެ.
ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުން މުޅި މާލެއަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލޭންނާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުނީ މެންދުރު 1:00 ޖަހަށް އުޅެނިކޮށެވެ.
އޭގެފަހުން އެކި ހިސާބުތަކަށް މަޑުމަޑުން ކަރަންޓު ދެމުން އައިސް، މިހާރު މުޅި މާލެއަށް ކަރަންޓު ދީފައިވާ ކަމަށާއި މިވަގުތު އެނަޖައިޒް ނުކުރެވި ހުރީ ހުޅުމާލޭ ރުއްގަނޑު 1 ގައި ހުރި ޓްރާންސްފޯމަރެއް އެކަނި ކަމަށް ސްޓެލްކޯއިން ބުންޏެވެ."މި ދެންނެވި ޓްރާންސްފޯމަރު ހުރި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ކަރަންޓު ނުލިބޭ ކަސްޓަމަރެއް ހުރި ނަމަ އަޅުގަނޑުމެންގެ އިމަޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދެން،" ސްޓެލްކޯގެ މެސެޖެއްގައި ބުންޏެވެ.
ކަރަންޓު ދިއުމުގެ ސަަބަބުން މާލޭގެ ސްކޫލްތަކުގެ ކިޔެވުން ހުއްޓާލައި ކުދިން ގެއަށް ފޮނުވާލަން ޖެހުނެވެ. ކަރަންޓް ކެނޑުމަށްފަހު ސްޓެލްކޯ އިން އެންމެ އިސްކަމެއްގެ ގޮތުގައި ކްރިޓިކަލް އިންފްރާސްޓްރަކްޗާ އާއި ހޮސްޕިޓަލްތަކަށް ވަނީ ކަރަންޓު ދީފަ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ނޭނގޭ ކަމަށެވެ. ކަރަންޓު ކެނޑުމާއެކު މަސައްކަތް ފެށީ އަވަހަށް ކަރަންޓު ދިނުމަށް ކަމަށް ވެސް ބުންޏެވެ.
ސްޓެލްކޯއިން ބުނީ މާލެ އާއި ހުޅުމާލެ އާދެމެދު ކަރަންޓު ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، މާލެއަށް ބޭނުންވާ ލޯޑު ނުފިހެއްޓުނީ ކަމަށެވެ. ގްރިޑަށް ދިމާވި ސީދާ މައްސަލަ އަދި ސާފުނުވިޔަސް، މައި އެއްވެސް ސިސްޓަމަކަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ޔަގީންކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މުޅި މާލެއަށް އަލުން ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ