ދިރާގުން މިއަދު ހެނދުނު އީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ 'ދިރާގު އީދު ބޮނޑިބަތް' ބެހުމުގެ ހަރަކާތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ
ވީ ކިހިނެއް؟ - އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް ވަނީ މާލެ އަދި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.
ހުޅުމާލޭގައި އީދު ބޮނޑިބަތް ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީއާ ގުޅިގެންނެވެ. މާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެންނެވެ.
ބުނީ ކީކޭ؟ - "ދިރާގު އީދު ބޮނޑިބަތަށް މި އަހަރު ވެސް އާންމުންގެ ފަރާތުން މިހާ ބޮޑު ތަރުހީބެއް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވި އެވެ.
އަލްހާ އީދުގެ އުފަލުގައި އެންމެން ބައިވެރިކޮށް، މުޖުތަމައުގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އިޖްތިމާއީ ރޫހު އާލާކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް."
ގުޅުން ހުރި - މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށްރަށުގެ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދިރާގު އީދު ބޮނޑިބަތް: މިއަހަރު ވެސް ބޮޑު ތަރުހީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ