ޢިބްރަތްތެރި ވާހަކަ: ތަނަވަސް ޢާއިލާގެ އަނބިމީހާގެ ކިބައިން ލޯތްބާ އަޅައިލުން ނުލިބުމުން ވަކިވެ ފަޤީރު އަންހެނަކާ ކައިވެނިކުރުމުން ލޯތްބާ އަޅައިލުން ލިބުނު ފިރިއެއްގެ ވާހަކަ-

އަހުރެންނަކީ ކުންފުންޏެއްގެ އިސްވަޒީފާއެއް އަދާކުރާ މީހަކީމެވެ. ކަނަތައް ދިމާވިގޮތުން އެދުވަހު ގެއަށް ދެވުނީ ތަޅުދަނޑިފަތި މޭޒުމަތީގައި ބާއްވާފައެވެ. އެކަން ހަނދާންވީ އެރޭ ކަމެއް ދިމާވެގެން އޮފީސްހުޅުވަންޖެހުމުންނެވެ.  
އަހުރެންނަކީ މުވައްޒިފުންނަށް ބުރަ އުފުލަން ޖައްސުވަން ބޭނުންވާ މީހެއް ނޫނެވެ. އެހެންވެ ތަޅުދަނޑިފަތި އޮންނާނެ މުވައްޒިފެއްގެ ގެއަށް ދިއައިމެވެ. އެއީ ކުރަން ރަނގަޅު ކަމެއް ނޫނަސް ސަލާމް ނުގޮވައި ދޮރުގައި ހިފިއިރު ހުރީ ތަޅުނުލައެވެ. ސަލާމް ނުގޮވައި އެތެރެއަށްވަނީ އޭނާގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތް ދެކެލުމުގެ ބޭނުމުގައެވެ.  
ނަމަވެސް ފެނުނު މަންޒަރުން ކުރިއަށްދާނެ ހިތްވަރެއް ނުލިބުނެވެ. ދެމީހުން ތިބީ ކާށެވެ! ފިރިމީހާ އަމިއްލައަށް އަނގައަށް ސުވަލެއްލާއިރަށް ދެވަނަ ސުވާ އަނގައަށް ލައްވަނީ އަނބިމީހާއެވެ. ފިރިމީހާވެސް ކަންތައްކުރަނީ އެގޮތަށެވެ. ދެމީހުން ކަމުން ގެންދިއައީ ހީނމަޖާކުރަމުންނެވެ.  
އެމީހުންނަށް ނުފެނި ސިއްރުސިއްރުން ފަހަތަށް ޖެހި ގެއިން ނުކުތީމެވެ. އެމީހުން ކައިނިމެންދެން މަޑުކޮށްލީއެވެ. ހިތަށް އެރިއެވެ. "އޭނާއަށް ލިބޭނީ މަހަކު 15000 ރުފިޔާއެވެ. އަހުރެންނަށް އެއިގެ 3 ގުނަ ލިބެއެވެ. ލިބޭ ހުރިހާ ފައިށާއެއް މިދެނީ އަންހެނުންގެ އަތަށެވެ. ނަމަވެސް ދުވަހަކުވެސް މިފަދަ ކަމެއް ނުދެކެވެ. އެންމެ ކުޑަމިނުން އެހައި ލޯބިން ހިނިތުންވެ ވާހަކަވެސް ނުދައްކައެވެ."  
ކައިނިމޭހައިއިރުކޮށްފައި ސަލާމް ގޮވައި ދޮރުހުޅުވުމުން ވަނީމެވެ. ދެމަފިރިން އަހަރެންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އިށީންނަން ބުންޏެވެ. ދިއަ ބޭނުން ބުނުމުން ބުންޏެވެ. "ގުޅާލާފައި ބުނިނަމަވެސް ތަޅުދަނޑި ހިފައިގެންދާނަމެވެ."  
ކޮންމެއަކަސް ވާހަކަދައްކަމުންގޮސް އަނބިމީހާގެ ވާހަކަ ކިޔައިދިނެވެ. ބުންޏެވެ. "އަހުރެންގެ އަނބިމީހާޢަކީ ވަރަށް ރަނގަޅު އަންހެނެކެވެ. ލިބޭ މިންވަރުން ފުއްދާނެއެވެ. މަދުވެގެން ޝަކުވާއެއް ނުކުރާނެއެވެ. އަބަދުވެސް އިންނާނީ ހިނިތުންވެގެންނެވެ. ކަމަކު ބުނާއިރަށް ވަޤުތުން އެކަމެއް ކޮށްދޭނެއެވެ." ދެމަފިރިންނަށް ހެޔޮދުޢާކޮށްފައި ނުކުމެގެންދިއައީއެވެ.  
އޮފީހަށް ވަދެ މޭޒުދޮށުގައި އިށީނުމުން ހިތަށްއރަންފެށިއެވެ. "މިއުޅެވެނީ ދިރިއުޅުމެއް ނޫނެވެ. ބަދަލެއް ގެންނަން އެބަޖެހެއެވެ. އެކަމަކު އެވަރުގެ ރަނގަޅު އަންހެނަކު ލިބުމަކީވެސް މިޒަމާނުގައި އެހައި ފަސޭހަ ކަމެއް ނޫނެވެ."  
މިބުނަނީ ހަމަ ތެދަށެވެ. އަނބިމީހާ ދޫކޮށްލީމެވެ. ވަރަށް ފަޤީރު އަންހެނަކާއި ކައިވެނިކުޜީމެވެ. އޭނާގެ ކިބައިން އުފާވެރިކަން ލިބެންފެށިއެވެ. ކުރީގެ ތަނަވަސް ޢާއިލާގެ އަނބިމީހާގެ ކިބައިން ނުލިބުނު ހުރިހާ އުފަލެއް ލިބެންފެށިއެވެ.  
އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިވި މިކަންކަމުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ ކޮންމެވެސް ބައަކަށް ފައިދާކުރާނެ ކަމުގެ އުންމީދުގައެވެ.
 
- މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ