މޫސުން ދިރާސާ ކުރަން ބޭނުންވާ ބައެއް ތަކެތި މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް އަށް ހަދިޔާކޮށް، މޫސުން ބަލަން މިހާރު ބޭނުން ކުރާ ނިޒާމާއި ރޭޑަރުތައް މެއިންޓެއިން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން އެއްބަސްވެއްޖެ އެވެ.
އެއީ "ތައްޔާރު" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން ހެދި އެއްބަސްވުމެކެވެ. އެއްބަސްވުމުގައި ސޮއި ކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޔޫއެންޑީޕީ އެވެ.
އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ މޫސުން ދިރާސާ ކުރާ ނެޓްވޯކުތައް އަޕްގްރޭޑުކޮށް، އޮޓޮމޭޓެޑް ވެދާ ސްޓޭޝަންތަކާއި ރޭޑާ ސިސްޓަމްތައް މެއިންޓެއިން ކުރަން އެހީތެރިކަން ލިބޭނެ ކަމަށް ޔޫއެންޑީޕީ އިން ބުނެ އެވެ.
އޭގެ އިތުރުން، ޑޭޓާ އެއް ކުރުމަށާއި މޫސުން ލަފާ ކުރަން ޒަމާނީ ޓެކްނޮލޮޖީގެ އިކުއިޕްމަންޓްސް ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރާނެ ކަމަށް ވެސް ޔޫއެންޑީޕީ އިން ބުނެ އެވެ. އޭގެ ސަބަބުން ދިވެހިރާއްޖޭގެ އާލީ ވޯނިން ސިސްޓަމް އިތުރަށް ވަރުގަދަވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މުރަކައިގެ ދިރާސާތަކެއް ކުރަން ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހު ވެސް ޗައިނާ އިން ވަނީ ރާއްޖެއާއެކު އެއްބަސްވުމެއް ހަދައިފަ އެވެ. އެކަމަކު އެ އެއްބަސްވުމުގެ ދަށުން ހަރު ކުރަނީ ކަނޑުގައި ޖާސޫސް ކުރެވޭ ޒާތުގެ ތަކެއްޗެވެ. އަދި އެ ތަކެތިން އެއް ކުރާ މައުލޫމާތު ޗައިނާއާ ބަރާބަރަށް ހިއްސާ ކުރަންޖެހޭ އިރު އިތުރު ބަޔަކަށް ދިނުމަކީ އެއްބަސްވުމުގެ ދަށުން މަނާ ކަމެކެވެ.
އެ އެއްބަސްވުމުގެ ދަށުން ހަރު ކުރަނީ އޮޔާއި ވަޔާއި އަޑު މޮނީޓާ ކުރުމުގެ ގާބިލްކަން ހުރި ތަކެއްޗެވެ.
ފެބްރުއަރީގައި ހެދި އެއްބަސްވުމަށް ފަހު ރާއްޖޭގައި ގާއިމްވެ ތިބޭ ބޭރުގެ ބައެއް އެމްބަސީތަކުގެ ކަންބޮޑުވުން ވަނީ ސަރުކާރާ ހިއްސާކޮށްފަ އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން، ޖާސޫސް ކުރުމުގެ ފުރުސަތު ޗައިނާއަށް ނުލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޗައިނާއިން މެޓު އޮފީހަށް ބައެއް ތަކެތި ހަދިޔާކޮށް މޫސުން ބަލާ ނިޒާމާއި ރޭޑަރުތައް ބަލަހައްޓަން އެހީވަނީ ޗައިނާއިން މެޓު އޮފީހަށް ބައެއް ތަކެތި ހަދިޔާކޮށް މޫސުން ބަލާ ނިޒާމާއި ރޭޑަރުތައް ބަލަހައްޓަން އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ