ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ހުރާގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް މިއަދު ހުޅުވައި އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ބީއެމްއެލް އިން މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމަށް ހިންގާ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން ކ. އަތޮޅުގައި ދޭން ފެށި ހިދުމަތެކެވެ.
އެއާ އެކު، ކ. އަތޮޅުގެ އިތުރުން، ހއ.، ނ.، މ. އަދި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފައިވާކަން ބީއެމްއެލް އިން ފާހަގަކުރި އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަށް އެ ބޭންކުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މި މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް އެބަދޭ. އެހެންކަމުން، މި ލަނޑުދަނޑި ހާސިލްކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
20 އަތޮޅުގައި 39 ބްރާންޗު
121 ސެލްފް ސާވިސް ބޭންކިން ސެންޓަރު
179 އޭޓީއެމް
އޭޖެންޓު ބޭންކިން
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް
ބީއެމްއެލްގެ އޭޓީއެމް ހުރާގައި ހުޅުވައިފި؛ މުޅި ކ. އަތޮޅަށް ހިދުމަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ