ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު، މާޒީގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ކާކުކަމާއިމެދު ވިސްނުން މުހިންމުކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ނ އަތޮޅު މަނަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރާއްޖެ އޮތީ ވަރަށް ގޯސް ހާލަތެއްގައިކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ ގައުމު އޮތީ ބޮއްސުންލާފައިކަމަށެވެ.އަދި ވެރިން ގަސްދތުގައި ހައްދަވާ ގޯސްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމަށް ބުރޫއަރާފާނެކަމުގެ ރަނގަބީލު ޖަހަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ. މިއީ ވިސްނުންތެރިކަމާއި، ކެތްތެރިކަމާއިއެކު ފިކުރު ކުރަންޖެހޭ ކަންތައްތަކެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.
ސެޕްޓެމްބަރ 9 ވަނަ ދުވަހު ވޯޓު ލާއިރު އިހުލާސްތެރި ކެނޑީޑޭޭޓަކީ ކޮބައިކަން ވިސްނުން ވަރަށް މުހިންމުކަމަށް ގާސިމް ވިދާާޅުވިއެވެ. އަދި އިހުލާސްތެރިކަމަށް ނުބަލާ ވޯޓުދީފިނަމަ ދިވެހިންނަށް، އެމީހުން މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރުނުކުރެވުނީކަމަށް ގާސިމް ވިދާޅުވިއެވެ.
ވޯޓުލާއިރު ދެން ވިސްނަންޖެހޭ ކަމަކީ ގާސިމް ވިދާޅުވި ގޮތުގައި، މާޒީގައި ކާމިޔާބު ހާސިލު ކުރައްވާފައިވާ ބޭފުޅުންނަކީ ކޮބައިތޯއެވެ.
ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މާޒީގައި ހޯދި ކާމިޔާބީގައި އޭނާއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދި އެއްވެސް ބޭފުޅަކު ނެތްކަމަށެވެ. އަދި އޭނާއާއި ކައިރިކުރެވޭ މީހަކުވެސް ނެތްކަމށް ފާހަގަކޮށް ގާސިމް ވިދާޅުވީ އެތައް އިންސައްތައެއްގެ ފަރަގު އެބަހުރިކަމަށެވެ. އަދި އޭނާއަކީ 99 އިންސައްތަ ކާމިޔާބު މީހެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު ޕާޓީގެ ބޮޑު ކުޑަ މިނަށް ބަލަން ނުުޖެހޭކަމަށެވެ. އަދި އެހެން ބަލައިގެން ވޯޓުދީގެން ކުރާނެ މަންފާއެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ވަކި މީހެއްގެ މޫނަށް ބަލައިގެން ވޯޓުދޭނަމަ ނަތީޖާ ހިތިވުމަކީ އެކަށީގެންވާކަމެއްކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ މާޒީގައި މިކަން ވަނީ ތަޖުރިބާކުރެވިފައިކަމަށެވެ.
ވޯޓު ލާއިރު، މާޒީގައި ހޯދި ކާމިޔާބީގައި އަޅުގަނޑާއި ކައިރި ކުރެވޭނެ ބޭފުޅަކުވެސް ނެތްކަން ވިސްނެވުން މުހިންމު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ