ޖެނަރޭޝަން ބޭން ތަންފީޒުކުރަން ފެށުމުގެ ގޮތުން ކުރިއަށްގެންދިއުމަށް ނިންމި "ނޭޝަން ޓޯޗް ރަން ހަވީރު ފަށައިފިއެވެ.
ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ކެމްޕެއިންތަކާއެކު ރިއަށްގެންދާ މި ރަން ފަށާފައިވަނީ އެކަމަށްޓަކައި މިއަދު ހަވީރު މާލޭ ކުޅިވަރުއެކުވެނި ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރަން ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނާޒިމެވެ.
ރަން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ދުންފަތާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަސައްކަތުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށާއި ޖެނަރޭޝަން ބޭން ކާމިޔާބުކުރުމުގައި އެންމެންގެ އެއްބާރުލުން މުހިންމުކަމަށެވެ.
ނޭޝަން ޓޯޗް ރަން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވާހަކަދައްކަވަނީ... ފޮޓޯ: ހެލްތު
ވަޒީރު ވިދާޅުވީ ދިވެހިންގެ ތެރޭގައި ދިމާވާ ސިއްހީ ބޮޑެތި ކަންކަން ގުޅިފައިވަނީ ދުންފަތް ފަދަ ސިއްހީ ނުރަނގަޅު އާދަތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ސިއްހީ މިފަދަ ނުރަނގަޅު އާދަތަކުން މުޖުތަމައުގައި ހިމެނޭ ޅަދަރިން ރައްކާތެރިކޮށް އާއްމުން ހޭލުންތެރިކުރުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ނޭޝަން ޓޯޗް ރަން ފެށުމުގެ ތެރެއިން... ފޮޓޯ: ހެލްތު
ދުޅަހެޔޮ ރަނަގަޅު ސިއްހަތެއްގައި ހުރުމަކީ އިންސާނާއަށް ލިބޭނެ އެންމެބޮޑު ނިއުމަތް ކަމަށާއި، އެކަމަށް ޝުކުރުވެރިވުމަކީ އެކަމަށް އިހުމާލުނުވާނޭހެން ރައްކާތެރިވުންކަމަށް މިނިސްޓަރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ދިވެހިންނަށް މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާތީ، އެކަމާ ގުޅިގެން މުޖުތަމައު އަހުލުވެރިކުވުމަށް ހާއްސަ ތެލެތޯނެއް ވަނީ ފަށާފައެވެ. މި ތެލެތޯން ކުރިއަށްގެންދަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މީޑިއާތައް ގުޅިގެންނެވެ. 
މާދަމާ ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފެށުމާއެކު 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެ އުމުރުފުރައިގެ ކުދިންނަށް ދުންފަތުގެ އިސްތިއމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ވިއްކުން ޤާނޫނީގޮތުން މަނާވާނެއެވެ.
    
    "ޖެނަރޭޝަން ބޭން" 24 ގަޑިއިރު ދުވުމުގެ ހަރަކާތް ފަށައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
                     
             
             
             
            