ތިލަފުށީގައި ލޮރީއެއް ދަށުވެ، މީހަކަށް ސީރިއަސް އަނިޔާތަކެއް
ކ. ތިލަފުށީގައި ބިދޭސީއަކު ލޮރީއެއް ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.ފުލުހުން މިއަދު ބުނީ ތިލަފުށީގައި އެކްސްކެވޭޓަރެއް ކައިރީ މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އެ މީހާގެ ގައި މަތިން ލޮރީ ގޮސްފައިވާ މައްސަލައެއް މިއަދު މެންދުރުފަހު 2:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.އޭނާއަށް ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.މި މައްސަލައާ ގުޅިގެން ލޮރީ ދުއްވި މިހާ މިހާރު ހުރީ ފުލުުހުންގެ ބެލުމުގެ ދަށުގައެވެ. އެއީ އުމުރުން 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަޑުރާއީ އެެވެ. ފުލުހުން ވަނީ އޭނާ ދުއްވި ލޮރީ ވެސް ޓޯކޮށްފައެވެ.އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ