ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އަލުން ހުޅުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު އެ ރިސޯޓުގެ މެނޭޖްމަންޓުން ރައީސް މުހައްމަދު މުއިއްޒުއާ މިއަދު ހިއްސާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ވަނީ ވަޑައިގެންފަ އެވެ.
ތަފްސީލު - އެ ރިސޯޓު ހުޅުވަން ކުރަމުން އަންނަ މަސައްކަތް ރައީސްއާ ހިއްސާކުރުމުގެ ގޮތުން އެ ރިސޯޓުގެ މެނޭޖްމަންޓުން ވަނީ އެމަނިކުފާނާ ޕްރެޒެންޓޭޝަނެއް ހިއްސާކުރައްވާފަ އެވެ.
މެނޭޖްމަންޓުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރުގެ 31 ޑިސެމްބަރުގައި އެ ރިސޯޓު ހުޅުވުމަށެވެ.
އެ ރިސޯޓުގެ މެނޭޖްމަންޓު ބުނި ގޮތުގައި:
ވޯޓާ ވިލާތަކާއި ރެސްޓޯރެންޓްތަކާއި ޑެކިން ރަނގަޅު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން
ރިސޯޓު ބަންދުކޮށްފައިވީ ނަމަވެސް، ތަނުގެ މަރާމާތުތައް ކޮށް، ރަނގަޅަށް ބަލަހައްޓަމުންދޭ
ޕްރެޒެންޓޭޝަނަށް ފަހު ރިސޯޓު ހުޅުވަން ވަމުން އަންނަ ތައްޔާރީތަކުގެ ޓުއާއެއް ވެސް ރައީސަށް ވަނީ ދީފަ އެވެ.
އެ ޓުއާގައި ރައީސްގެ އަރިހުގައި ޓޫރިޒަމް މިނިސްޓްރީގެ އިސް ވެރިންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ބައެއް ދާއިރާތަކުގެ މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އެނގުން މުހިންމު - ޝަންގްރިއްލާ ވިލިނގިލި ފުރަތަމަ ހުޅުވީ 2009 ގައެވެ. އަދި އެ ރިސޯޓު ބަންދުކުރީ 2020ގައި، ކޮވިޑާ ގުޅިގެންނެވެ.
އެންމެ މަތީ ފެންވަރަށް ހިދުމަތް ދޭން ތަރައްގީކޮށްފައިވާ އެ ރިސޯޓުގައި ޖުމްލަ 284 އެނދު ހުރެ އެވެ.
ޝަންގްރިއްލާ ހުޅުވަން ކުރާ މަސައްކަތް ރައީސް ބައްލަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ