އަންހެނަކަސް ފިރިހެނަކަސް ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވާނަމަ ދުނިޔޭގައިވެސް ބޮޑެތި ފައިދާތަކެއް ކުރާނެ! އިން ޝާ ﷲ

ކަހްފި ސުރަތް ކިޔަވައިލުމަކީ އެންމެ 15 ވަރަކަށް މިނިޓުންވެސް ކުރެވެން އޮތް ކަމެކެވެ. އަދި ބައެއް ޢިލްމްވެރިން ވިދާޅުވާގޮތުގައި ހުކުރުވިލޭރެއިން ފެށިގެން ހުކުރު ދުވަހު އިރުއޮއްސެންދެން ބަހާލައިގެން ކުރަންވެސް ފުރުޞަތު އޮތްކަމެކެވެ. އަނެއްބައި ޢިލްމްވެރިން ވިދާޅުވަނީ ކިޔަވަންވާނީ ހުކުރުވިލޭރޭގެ ފަތިސްވުމުގެ ފަހުން އިރުއޮއްސުމާއި ދެމެދުގައި ކަމަށެވެ. ސަބަބެއްކަމަސް ވިދާޅުވަނީ ރޭގަނޑުލކުރަން ހުންނަ އަޅުކަމާއި ދުވާލުކުރަން ހުންނަ އަޅުކަން މަސްހުނި ނުކުރެވޭނެތީ ކަމަށެވެ.  
"ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމުން ޖެހިގެން އަންނަ ހުކުރު ދުވަހާއި ހަމައަށް ދެއްވަވާ ނޫރަކީ މައްނަވީ ނޫރެކެވެ. މާނައަކީ ލޮލަށް ނުފެންނަ ނޫރެކެވެ. އެ ނޫރުގެ ސަބަބުން އޭނާ ނުބައި ކަންތައްތަކުން ދުރުހެލި ކުރުވާ އަދި ހެޔޮ ކަންތައްތަކަށް މަގުދައްކުވައިދެއެވެ.  
ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އެއީ ޙިއްސީ ނޫރެކެވެ. އޭނާގެ ފައިތިލައިގެދަށުން އެ ނޫރު ޤިޔާމަތް ދުވަހުގައި ފައުޅުވާން ހުންނާނެއެވެ. އަދި އެ ނޫރުގެ ސަބަބަބުން ދުނިޔެމަތީގައިވެސް އޭނާގެ މޫނު މައްޗަށް ހިނިތުންވުން އައުމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ."
ހުކުރު ދުވަހު ކަހްފް ސޫރަތް ކިޔެވުމުން ލިބޭނެ ފައިދާ މިހައި ބޮޑުކަން އެނގޭނަމަ ކިތަންމެ މަސައްކަތް ބުރަ ނަމަވެސް އެންމެންވެސް ކިޔަވާނެއެވެ. އަދި ފަތިސްނަމާދަށްފަހު ކިޔަވާނަމަ ލިބެން އޮތް އިތުރު ފައިދާއެއްވެސް ބުނެލާނަމެވެ. އެއީ ކިޔަވައި ނިމޭއިރު ހުންނާނީ އިރު އަރަން ވަރަށް ގާތްވެފައެވެ. އިތުރަށް އެހެން ށޫރަތެއް ކިޔަވައިލުން، ޛިކުރުކޮށްލުން ފަދަ ކަމެއްގެ މަތީގައި އިނދެ އިރުއަރައި 15 ވަރަކަށް މިނިޓްވުމުން ޟުޙާނަމާދުގެ 2 ރަކްޢަތް ކޮށްލާށެވެ! މިސްކިތަށް ނުދާ އަންހެނުން ގޭގައި މުސައްލަމަތީގައި އިނދެއެވެ. އެއިރުން އެމީހަކަށްޓަކައި ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ