ސަރުކާރުގެ ސިޔާސަތަކީ ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން: ރައީސް ހުޅުދޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ބާއްވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު ތިން މީހަކު ހައްޔަރުކޮށްފި 2.5ބިލިއަން ރުފިޔާ ޗާޕުކޮށް، ޕެންޝަން ފަންޑ

އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނަކާއި ކޮޅިގަނޑުތަކެއްގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަކުރާނެ ކަމަށާއި ހުރިހާ ހިސާބަކަށްވެސް ވައިގަދަވާނެކަމަށް އެ އިދާރާއިން ވަނީ ބުެނފައެވެ.
ދެކުނާއި މެދު ރާއްޖެ ތެރެއަށް 15 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި އުތުރުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން މެޓުން ބުނީ ރާއްޖެއަށް މިހާރު ވިއްސާރަކުރަމުން މިދަނީ އިންޑިއާ ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާނަކާއި ދެ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފަނަކަށް ބަދަލުވެ، އޭގެ ބާރު ގަދަވަމުންދާކަމަށާއި މި ތޫފާން ދަނީ ރާއްޖެއާ ދުރަށް ޖެހެމުން ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި އަރަބި ކަނޑާއި އިންޑޮނޭޝިޔާ ކައިރީގައިވެސް ކޮޅިގަނޑެއް އުފެދި، ބާރުގަދަވަމުންދާކަމަށް މެޓުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މެޓުން ވަނީ ސްރީ ލަންކާ ކައިރިން ބޭ އޮފް ބެންގާލްގައިވެސް ކޮޅިގަނޑެއް އުފެދެމުން އަންނަކަމަށް ބުނެފައެވެ. މޫސުން އަލިވާނެކަމަށް އިދާރާއިން ލަފާކުރައްވަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ