އޮކްޓޯބަރު 3، ގެ މުޒާހަރާގައި ބައިވެރިވި އިތުރު ބައެއްގެ މައްސަލަ ތަހުގީގު ކުރަނީ އޮކްޓޯބަރު 3، ގެ މުޒާހަރާގައި ބައިވެރިވި އިތުރު ބައެއްގެ މައްސަލަ ތަހުގީގު ކުރަނީ

އިދިކޮޅު އެމްޑީޕީ އިން މާލޭގައި އޮކްޓޯބަރު 3، ގައި ބޭއްވި މުޒާހަރާގައި ބައިވެރިވި އިތުރު ބައެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ވަނީ މަދުވެގެން އިތުރު ދެ މީހެއްގެ މައްސަލަ ބަލަން ފަށައިފަ އެވެ. އެ ދެ މީހުންނަކީ އެމްޑީޕީގެ ޔޫތު ވިންގުގެ މެންބަރުން ކަމަށް މި ނޫހަށް މައުލޫމާތު ލިބެ އެވެ.
އެމީހުންނަށް ފުލުހުން ކުރާ ތުހުމަތަކީ އެއްވެ އުޅުމުގެެ ގާނޫނާ ހިލާފަށް މުޒާހަރާ ކުރުމެވެ. އަދި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ.
އެމްޑީޕީގެ މުޒާހަރާ ފެށީ އާޓިފިޝަލް ބީޗުންނެވެ. އެކަމަކު، މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީ މަގަށް ނުކުމެ އެ މަގުން ކުރިއަށްދާން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ބާރާއި ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާއަށް ހުރަސްއަޅައިފަ އެވެ.
އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މުޒާހަރާ ރޫޅާލައިފަ އެވެ. އޭގެ އިތުރުން ޕެޕާ ސްޕްރޭ ވެސް ބޭނުން ކުރި އެވެ. ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން މީހަކަށް ހާޓް އެޓޭކެއް ވެސް ޖެހުނެވެ.
މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ. އެމީހުން ދޫކޮށްލީ އިއްޔެގެ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ