މި ސަރުކާރުން ކުރަނީ މިހާތަނަށް ރާއްޖޭން ދެކޭނެ އެންމެ ކާމިޔާބު ވެރިކަން: އަބްދުއްރަހީމް

މި ސަރުކާރުން ކުރަނީ މިހާތަނަށް ރާއްޖޭން ދެކޭނެ އެންމެ ކާމިޔާބު ވެރިކަން ކަމަށް، މި ސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުالله މިރޭ ވިދާޅުވެއްޖެއެވެ. އަބްދުއްރަޙީމް އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ދާއިރާ ކަމަށްވާ ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތް ޖަލްސާގައެވެ. ޕީއެންސީގެ ސަރުކާރަކީ, ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަކީ އިރާދަކުރެއްވިއްޔާ މިހާތަނަށް ދިވެހިރާއްޖެ ދެކޭނެ އެންމެ ކާމިޔާބު ވެރިކަންރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުالله އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރަށް ކާމިޔާބީ ހޯދޭނީ ހުރިހާ ރައްޔިތުން ރައީސްގެ ސިޔާސަތާ އެއްގޮތަށް، އެމަނިކުފާނާ އެކީ ސާބިތުވެ ތިބެގެން ކަމަށެވެ. އެގޮތުން، ރައްޔިތުންގެ ފަރާތުން ފެށިގެން އަންނަ ވެރިކަން ކާމިޔާބު ކަމާއެކީ ބޭނުންވާ މަންޒިލަށް ގެންދެވޭނީ ރައްޔިތުން ގެންދިޔައިމަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް މުއިއްޒު ފޮނަދޫގައި: އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރަކީ މިހާތަނަށް ދެކޭނެ އެންމެ ކާމިޔާބު ވެރިކަން ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް އަބްދުއްރަހީމް ވިދާޅުވީ، މިހާ މޫސުން ގޯސްއިރު ވެސް ރައީސް ރައްޔިތުން ކައިރިއަށް ރަށްތަކަށް ވަޑައިގަންނަވާތީ، އެ މަނިކުފާނު ހުންނެވީ ސާބިތުކަމާ އެކީގައި ކަން އެނގޭ ކަމަށެވެ. އަދި ރަށްތަކަށް ވަޑައިގެން ހަމައެކަނި ޕޯޑިއަމްއެއްގައި ރައީސް ވާހަކަދައްކާވާފައި ނިންމަވާލައްވަނީ ނޫން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ރައީސް ގެންދަވަނީ، ރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކާއި ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައި، ބޭނުންވާ ކަންކަން ހޯއްދަވައި ޖަވާބުދެއްވަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި 2023ގައި އެ މަނިކުފާނު ވެރިކަމަށް ހޮވީ ވެސް އެގޮތަށް ކަންތައްތައް ކުރައްވާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުން އެނގެނީ، ގައުމަށް ޚިދުމަތް ކުރުމުގެ ޖޯޝާއި ރޫހު ރައީސްގެ ހިތްފުޅުގައި އޮތް މިންވަރު ކަމަށް ވެސް ވިދާޅުވިއެވެ. https://www.sun.mv/202005 ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންކަމުގައި ވެސް ހުންނެވި އަބްދުއްރަޙީމަކީ ރައީސް އިންތިޚާބުވީއިރު، އެންމެ އަރިސް އެއް ބޭފުޅާއެވެ. އެހެންނަމަވެސް ފަހުން އެ ގުޅުން ހީނަރުވި ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި އެ މަނިކުފާނު އެހެން ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ފަހުންނެވެ. ފައިސަލް ވަކިކުރިޔަސް، ރައީސާއި އަބްދުއްރަހީމާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އޭރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ