ނެޝަނަލް ޑްރަގް އެޖެންސީ އިން ވަކިކޮށް ލުބްނާ ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި ނެޝަނަލް ޑްރަގް އެޖެންސީ އިން ވަކިކޮށް ލުބްނާ ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަދި އެ މިނިސްޓްރީގެ ފަރާތުން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަނަކަށް ހުންނެވި ލުބްނާ މުހައްމަދު ޒާހިރު ހުސައިން އެތަނުން ވަކިކޮށް ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ލުބްނާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރީ މިއަދުގެ ވަގުތެއްގަ އެވެ. އޭނާ ކުއްލިއަކަށް ފޮރިން މިނިސްޓްރީއަށް ބަދަލުކުރި ސަބަބެއް މިހާތަނަކަށް ނޭނގެ އެވެ.
ލުބްނާގެ ބަދަލުގައި އެންޑީއޭގެ ޗެއާމަންކަން ވަގުތީ ގޮތުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަބްދުލްމަޖީދު އިބްރާހިމްއާ ވަނީ އައްޔަންކޮށްފަ އެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ލުބްނާގެ ޗެއާމަންކަމުގެ ދަށުން އެންޑީއޭއިން ރަނގަޅު މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ދިޔައީ އަމާޒުވަމުންނެވެ.
އެންޑީއޭގެ ޗެއާމަނަކަށް ލުބްނާ އައްޔަނުކުރީ ޖޫން 24، ގަ އެވެ. އެ މަގާމުން ލުބްނާ ވަކިވެގެންދިޔައިރު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މަދު ކުރުމަށް އެދެވޭ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.
އެންޑީއޭއިން ވަނީ އެ އެޖެންސީއަށް ތިން އަހަރު ދުވަހުގެ މުއްދަތަށް ސީއީއޯއެއް ހޯދުމަށް އޮކްޓޯބަރު 7، ގައި ހުޅުވާލައިފަ އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި ހުންނެވި އިމާދު ސޯލިހު މަގާމުން ވަކިކުރެއްވިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ