ތަރައްގީގެ ނަމުގައި ހިންގާ އުމްރާނީ ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް 4-5 އަހަރަށް މަޑުޖައްސާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ތަފްސީލު - ނަޝީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ "އިހަށް މަޑުކޮށްލާ" ކަމަށެވެ.
"ދެން ވެރިކަމަށް އަންނަ ރައީސެއް ވައުދު ވާންވީ މަޑުޖެހިލަން،" ނަޝީދު ވިދާޅުވި އެވެ.
އުމްރާނީ މަސައްކަތްތަކަށް ފާޑުވިދާޅުވެ، ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްގީއެއް ނޫން ކަމަށާއި ގިނަ ފަހަރު އެއީ ދަރަނި ކަމަށެވެ.
"ރައްޔިތުންގެ ތަނަވަސްކަން އިތުރު ވާނީ ބަޖެޓު ސާޕްލަސް އާއި ރިޒާވް އިތުރު ކުރެވި، ދަރަނި ކުޑަ ކުރެވިގެން،" ނަޝީދު ވިދާޅުވި އެވެ.
ދިވެހިންނަކީ ތަންދޮރު ދަންނަ ބައެއްކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ ވާން މި އުޅޭ ގޮތާއި އެމަނިކުފާނު އެ ވިދާޅުވާ ވާހަކަ ދިވެހިންނަށް ސާފުވާނެ ކަމަށެވެ.
އެނގުން މުހިންމު - އިއްޔެ ވެސް ނަޝީދު ވަނީ ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ފާޑުވިދާޅުވެފަ އެވެ.
އިއްޔެ އެމަނިކުފާނު އިޝާރާތްކުރެއްވީ ށ. އަތޮޅުގައި، ކައިރިކައިރީގައި ސަރުކާރުން ހަތަރު އެއާޕޯޓު އަޅަން ކުރާ މަސައްކަތަށެވެ. އެއީ ލޯންޗުގައި ވެސް ދަތުރުކުރަން ނަގާ ވަގުތަށް ވުރެ ގާތްގާތުގައި އަޅާ އެއާޕޯޓުތަކެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެހާ ކައިރިކައިރީގައި އެއާޕޯޓު އެޅުމަކީ އިގްތިސާދީ ގޮތުންނާއި މާލީގޮތުން ވެސް ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލަން ނަޝީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ