ހޯރަފުށީގެ އިހްތިސާސުގައި ހުވަހަންދޫ ހިމަނަން އޮތީ އެދިފަ، އަދި ހިލަމެއް ނެތް!
ހޯރަފުށީގެ އިހްތިސާސްގެ ތެރެއަށް ހއ. ހުވަހަންދޫ ހިމަނައި ދެއްވުމަށް އެ ރަށު ރައްޔިތުން އޮތީ މި ސަރުކާރުގައި އެދިފައި ކަމަށާއި ނަމަވެސް އެކަމުގެ "ހިލަމެއް" އަދި ނެތް ކަމަށް އެ ރަށު ކައުންސިލަރު އަހުމަދު ރައޫފް ވިދާޅުވެއްޖެ އެވެ.ރައޫފް ޝޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ހޯރަފުށީގެ އިހްތިސާސްގެ ތެރެއަށް ހުވަހަންދޫ ހިމަނައި ދެއްވުމަށް މިނިސްޓަރު ސައީދުގެ އަރިހުގައި ރައްޔިތުންގެ ފަރާތުން އޭނާ އެދުނީ ނިމިދިޔަ މަޖިލިސް އިންތިހާބު ދުވަސްވަރު ކަމަށެވެ."ހޯރަފުށީގެ އިހްތިޞާސްގެ ތެރެއަށް ހުވަހަންދޫ ހިމަނައި ދެއްވުމަށް ތިޔަ މިނިސްޓަރ ސައީދުގެ އަރިހުގައިވެސް ރައްޔިތުންގެ ފަރާތުން އަޅުގަނޑު ދެންނެވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ކައުންސިލާއެކު ބޭއްވުނު ބައްދަލު ވުމެއްގައި، މިއަދާ ހަމައަށްވެސް ކޮށްދެއްވި މަސައްކަތެއް ފެންނާކަށް ނެތް" ރައޫފް ވިދާޅުވި އެވެ. ހއ. ހުވަހަންދޫ ދަނޑުވެރިކަމަށް ކޭޑީ އެންޓާޕްރައިސަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދީފައިވާކަމަމަށްބުނެ ވެސް މިފަހުން ހަބަރުތަކެއް ދައުރުވި އެވެ. ނަމަވެސް ސަރުކާރުން އެ ވާހަކަ ދޮގުކުރި އެވެ. ހުވަހަންދޫ ވަގުތީގޮތުން ބެހެލެއްޓުމަށް އެއަތޮޅުގެ އަތޮޅު ކައުންސިލްއާ ސަރުކާރުން ވަނީ ހަވާލުކޮށްފައި އެވެ.މިފަހުން ހޯރަފުށީ ކައުންސިލާއި އިދާރާތަކުން އަދި ރައްޔިތުން ހުށަހަޅާފައިވާ އެންމެ އެދޭ، އެންމެ ބޭނުންވާ ކަންކަމަށް ބަލާ ރައީސް މުއިއްޒު އަށް ދެންނެވުނު ކަންކަމުގެ ތެރޭގައި ވެސް ހއ. ހުވަހަންދޫ ހޯރަފުށީގެ އިހުތިސާސްގެ ރަށެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އޮތީ އެދިފަ އެވެ.ހޯރަފުށީ ރައްޔިތުން އެންމެ އެދޭ އަދި އެންމެ ބޭނުންވާ ހިދުމަތްތަކާއި ކަންތައްތައް:އަމަލީ މަސައްކަތް ފެށިފައިވާ ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް މިހާރަށް ވުރެ އަވަސްކޮށް ހިދުމަތް ވީ އެންމެ އަވަހަކަށް ފެށުންހޯރަފުށީގައި ޒަމާނީ ކުނި ކޮށްޓެއް، ޒަމާނީ ވަސީލަތްތަކާއެކު ގާއިމު ކުރުމަކީ ރައީސްގެ ފައުދެއް ކަމުގައި ވީހިނދު ޒަމާނީ ވަސީލަތްތަކާއެކު ޒަމާނީ ކުނިކޮށްޓެއް ގާއިމު ކުރުމާއި، ކުނިކޮށީގެ ބިން އިތުރުކުރުން. އަދި ވެމްކޯގެ އެހީތެރިކަމާއެކު މި އަހަރު ކުނި މެނޭޖުކުރުމަށް ފެށުންހައުސިން ޔުނިޓުތައް ގާއިމުކުރުން.ބިން ހިއްކުން.ހޯރަފުށީގައި އެމްއެންޑީއެފްގެ އިމާރާތެއް ގާއިމުކުރުން.ތާރީހީ ގޮތުން ހޯރަފުށީގެ ރައްޔިތުން އެންމެ ފުރަތަމަ ދިރިއުޅުނު ރަށަކީ ހއ. ހުވަހަންދޫ ކަމަށް ވީހިނދު އަދި ހޯރަފުށްޓާއި އެއްފަޅެއްގައި ހުވަހަންދޫ ހިމެނިފައި ވީހިނދު ސިނާއީ މަސައްކަތްތަކާއި އެނޫންވެސް ބޭނުންތަކަށް ނުހަނު މުހިއްމު ވާހިނދު ހއ. ހުވަހަންދޫ ހޯރަފުށީގެ އިހުތިސާސްގެ ރަށެއްގެ ގޮތުގައި ކަނޑައަޅައި ދިނުން.ރަށުގެ ބަނދަރު ޒަމާނާ އެކަށީގެންވާ ގޮތަށް ބޮޑުކޮށް ދިނުން.ހޯރަފުށީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުން.ހިނަވާގެއެއް ނެތުމުގެ ދަތިކަމަށް ހައްލެއް ހޯދުން އަދި ފުރިހަމަ އިސްލާމިކް ސެންޓަރެއް ބިނާކުރުންއިންޑޯ ގޭމްތައް ކުޅެވޭ ކޮމިއުނިޓީ ކޮމްޕްލެކްސްއެއް ގާއިމުކޮށް ދިނުންއައިޑީ ކާޑް ޕްރިންޓުކޮށް ޕާސްޕޯޓުގެ ހިދުމަތް ފެށުންހއ ވެލިފިނޮޅު އަލުން ހޯރަފުށީގެ އިހުތިސޯސްގެ ތެރޭގައި ހިމެނުން.ގެސްޓުހައުސް ޒޯނަށް ދާއިމީ ފެނާއި ނަރުދަމާ އަދި ކަރަންޓު ލައިދިނުމަށް އަވަސްކޮށް ދިނުން.ބޮޓްލިން ޕްލާންޓު ވީހާ ވެސް އަވަހަކަށް ހިދުމަތަށް ގެނެސްދިނުންއައިސްޕްލާންޓުގެ ހިދުމަތް ވީހާވެސް އަވަހަކަށް އަލުން ފެށުންއަމަލީ މަސައްކަތް ފެށިފައިވާ ފެނަކަ އޮފީސް އާ އިމާރާތް ވީހާ ވެސް އަވަހަކަށް ނިންމުންކަނބަލުންނަށް ހާއްސަކޮށް ހޭންޑް ބޯލް ކޯޓަކާއި އައުޓު ޑޯ ޖިމެއް ގާއިމުކޮށް ދިނުންމި ސަރުކާރަށް 24 މަސްވެ ފަސް އަހަރުގެ ދައުރު ނިމެން ދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ވައުދު ވުމަކީ ސަމާސާއަކަށް މި ސަރުކާރުގެ ބައެއް ވެރިން މިއަދު ހަދައިފި އެވެ. އަދި އިންތިހާބުވި މީހުން ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ވައުދު ލިސްޓް ނަނގާލީ ޑަސްބިނަށެވެ. އަދި ބައެއް ވައުދަކީ މީހަކު ބުނެގެން މީހަކަށް ވީ ވައުދުކަމަށް ބުނެ ވެސް އެކަމުން އަންނަނީ ބޯދަމައިގަންނަމުން ނެވެ. އަދި ވައުދު ފުއްދަން ޖެހޭނީ އިންތިހާބުވި މީހާ ކަމަށް ބުނެ ސަރުކާރުގެ ވެރިން މިއަދު ރައްޔިތުންނަށް ފިއްލަވާއިފި އެވެ. ކައުންސިލް އިންތިހާބަށް އަލުން ނުފެންނާނެ ވާހަކައެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ