ލަންކާއާއި ރާއްޖޭގެ ވާދަވެރިކަން، ދެވަނަ މެޗުންވެސް މޮޅުވާންޖެހޭ!

ސައުތު އޭޝިއަން ސުޕަކަޕް ކުޅުމުގެ ހަގީގީ ދެ ބޭނުމެއް އެބައޮތެވެ. އެއީ މިހާރު ސަރަހައްދީ ފުޓުބޯޅައިގެ ރަސްކަމުގައި އޮތް ނަމަވެސް ވަޅުޖެހިފައި އޮތް ދިވެހި ފުޓުބޯޅަ އަލުން ކޮޅަށް ނަގަން ކުރާ މަސައްކަތެވެ. ލަންކާގެ ނަޒަރިއްޔާތުވެސް ދާދި މިކަހަލަ ގޮތެކެވެ. އެ ގައުމުގެ ކޮރަޕްޓު ސަރުކާރާ ވާގިވެރިވެގެން ހިންގި ފުޓުބޯޅަ އެސޯސިއޭޝަނުގެ ދޯދިޔާކަމުން އެ ގައުމު ސަސްޕެންޝަނަކާ ކުރިމަތިލިއެވެ. އެއަށްފަހު ފުޓުބޯޅަ އާރާސްތުކުރަން ކުރާ މަސައްކަތުގައި ގައުމުން ބޭރު، ޔޫރަޕަށް ނިސްބަތްވާ ލަންކާގެ ކުޅުންތެރިން ގެނެސްގެން ވަރުގަދަ ޓީމެއް އޮތްކަން ދައްކަން ކުރާ މަސައްކަތެވެ. ކަން ދިމާކުރި ގޮތުން ދެ ގައުމުގެ ފުޓުބޯޅަ ކުޅޭ ވައްޓަފާޅިއާއި ފުޓުބޯޅަ ކުރިއަރުވަން ކުރާ މަސައްކަތްތަކާއި މެނޭޖްމަންޓް ބަދަލުވެއްޖެއެވެ. ސަރަހައްދީ ފޯރި ފެށެނީވެސް މި ހާ ހިސާބުންނެވެ. ލަންކާގެ ފުޓްބޯޯޅަ އެސޯސިއޭޝަންގެ ރައީސް ޖަސްވާރުގެ އެންމެ ބޮޑު ޓާގެޓަކީ 2002 ވަނަ އަހަރުން ފެށިގެން އެ ގައުމަށް ރާއްޖެ އަތުން މޮޅެއް ނުހޯދި އޮތް އޮތުމަށް ނިމުމެއް ގެންނާށެވެ. އެކަން ކުރަން މި މެޗަށް ހާއްސަކޮށް ލަންކާ ގައުމީ ޓީމަށް ވަނީ އިތުރު ދެ ކުޅުންތެރިއަކު ޖަހާފައެވެ. އެއީ ޔޫރަޕުގެ ދެ ކުޅުންތެރިންނެވެ. https://www.sun.mv/211063 ނަމަވެސް ދިވެހިން ވަނީ ފުރަތަމަ މެޗުގައި ލަންކާ ކޮޅަށް ތިން ލަނޑުޖަހާ ލަދުގަންނުވާލާފައެވެ. އަދި ރަށުން ބޭރުގެ ކުޅުންތެރިން ލައިގެން ވެސް ދިވެހި ލޯކަލް ކުޅުންތެރިންނާ ނުކުޅެވޭނެކަން ސާބިތުކޮށްދިނީއެވެ. އެކަން ހަޖަމުނުވެގެން ލަންކާ ފެޑެރޭޝަނުން ވަނީ ދިވެހިންނަށް ވިއްކި 1000 ރުޕީސްގެ ޓިކެޓު 3000 ރުޕީސްއަށް ބޮޑުކޮށްފައެވެ. އެއީ މަޖުބޫރުވެގެންނެވެ. ދެހާސް އަށެއްގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީގައި ލަންކާގެ ސުގަތަދާތަ ސްޓޭޑިއަމުގައި ރާއްޖެއިން ލަންކާއަށް ކުޅިސަމާ ދައްކާލި ކުލަވަރު ޖަސްވާރަށް ސިފަވުންވެސް ގާތެވެ. އެކަން އިއާދަނުކުރަން ދެވަނަ މެޗު ކާމިޔާބުކުރަން އެ ގައުމު އޮތީ އަތުރުކުރި އޮޅާލައިގެންނެވެ. ލަންކާ ރައްޔިތުން މެޗު ބަލަން ވަންނާނެ އަދަދު މަދުކަމަށް ބަލާ، ލަންކާގެ ސްކޫލު ކުދިންނާއި އެކަޑަމީތަކުގެ ކުދިންނަށް ހިލޭ ވަދެވޭނެ އިންތިޒާމުވެސް ހަމަޖައްސައިފިއެވެ. ގޮތަކަށް ބުނާނަމަ ޖަސްވާރުގެ ބޭރު ކުޅުންތެރިންގެ މާސްޓާ ޕްލޭން މަސައްކަތްކުރާނެ ކަން ދައްކަން މަރުފަލި ޖަހަނީއެވެ. ދެން އޮތީ ދިވެހި ކުޅުންތެރިންގެ ހިތްވަރެވެ. އަދި ލަންކާގައި ތިބި 12 ވަނަ ކުޅުންތެރިޔާގެ އަޑެވެ. މިއީ ލަންކާއަށް އެއްގޮތަކަށްވެސް ހަޖަމުނުވި ކަމެކެވެ. މި މެޗް އޮތީ ހަވީރު 5:15ގައި ލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ. ތަޖުރިބާކާރު ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ޤައުމީ ކޯޗުގެ މަގާމާ ހަވާލުވެ، ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ކުޅުމާއެކު ރާއްޖޭގެ ޓީމަށް އާވެގެންދިޔައީ އުއްމީދެވެ. ޒުވާން ކުޅުންތެރިން އިތުރު ހިތްވަރެއް ލިބިގެން ދިޔައިރު މުޅި ޓީމު އޮތީ ކާމިޔާބު ހޯދުމުގެ ރޫޙުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ