އިޒްރޭލްގެ އެއާ ފޯސްއިން އަންގާރަ ދުވަހު ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ގަތަރަށް މިހާތަނަށް ދީފައިނުވާ ފަދަ ހަމަލާއެއް ދީފި އެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ވަރުގަދަ ގޮވުމުގެ އަޑުތަކެއް މި ހަމަލާއާއެކު އިވިފައިވެ އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދް އަލް އަންސާރީ ބުނެފައިވަނީ "އިޒްރޭލްގެ ފިނޑި ހަމަލާ" އަމާޒުކުރެވިފައިވަނީ ދޯހާގައިތިބި "ހަމާސްގެ ސިޔާސީ ބިއުރޯގެ ގިނަ މެންބަރުން" ދިރިއުޅޭ ސަރަހައްދަކަށް ކަމަށެވެ.
"މި ޖިނާއީ ހަމަލާއަކީ ހުރިހާ ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެކެވެ. އަދި ގަތަރުގައި ދިރިއުޅޭ ގަތަރުގެ ރައްޔިތުންނާއި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވައެވެ،" އަލް އަންސާރީ އިތުރު ކުރިއެވެ.
އިޒްރޭލްގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެމީހުން "ސީދާ ހަމަލާއެއް" ދީފައިވަނީ ހަމާސްގެ އިސް ލީޑަރޝިޕްއަށް އަމާޒުކޮށްކަމަށެވެ. އަމާޒުކުރެވުނީ ކޮން ލީޑަރުންނަށް ކަމެއް ނުވަތަ އެއްވެސް މީހަކު މަރުވެފައިވާކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.
ގަތަރާއި މިސުރުން ގާޒާގެ ހަނގުރާމަ ނިންމުމަށް މަސައްކަތްކުރަމުންދާއިރު، ފާއިތުވި މަހު ހަމާސްއިން އާ ސީސްފަޔާ ހުށަހެޅުމަކާ އެއްބަސްވި އެވެ.
ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދްގެ ޑިޕްލޮމެޓިކް ލަފާދޭ ފަރާތް ޑރ. އަންވަރު ގަރުގާޝްވަނީ އިޒްރޭލްގެ ހަމަލާ ކުށްވެރިކޮށްފަ އެވެ.
"އަރަބި ގަލްފް ގައުމުތަކުގެ ސަލާމަތަކީ ވަކިނުކުރެވޭނެ އެއްޗެކެވެ. އަދި އަޅުގަނޑުމެން ހިތާއި ފުރާނައިން ގަތަރާ އެކުގައި ހުންނާނަމެވެ،" ގަރުގާޝް އެކްސްގައި ބުނެފައިވެ އެވެ.
އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެފައި ވަނީ ގަތަރުން "ވަރަށް ރަނގަޅު ދައުރެއް" އަދާކުރަމުން ގެންދަނީ ހަނގުރާމަ ހުއްޓުވުމަށާއި ހިފެހެއްޓިފައިވާ މީހުން މިނިވަންކުރުމަށް ކަމަށެވެ.
"ހުރިހާ ބައިވެރިން މަސައްކަތްކުރަންވާނީ ދާއިމީ ހަނގުރާމަ ހުއްޓުމަކަށް ވާސިލްވުމަށް، ފަނާކުރުމަށް ނޫނެވެ،" އޭނާ އިތުރުކުރިއެވެ.
ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ވައިގެ ހަމަލާއެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ