އދ. ދިގުރަށް މިސްކިތަށް "މަސްޖިދުލް ސާލިހް" ގެ ނަމުން ނަން ދޭން އުޅޭތީ އިސްލާމިކް މިނިސްޓްރީން އެކަމާ ދެކޮޅު ހަދައިފި އެވެ.
ދިގުރަށް މިސްކިތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީއާ އަދަދު އިން ސުވާލުކުރުމުން ވިދާޅުވީ ދިގުރަށުގައި އޮތް އެމްޑީޕީ ކައުންސިލުން ބޭނުންވަނީ މިސްކިތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިޒުނަ ނެތި އެމަނިކުފާނަށް ނިސްބަތްކޮށް މިސްކިތަށް ނަން ކިޔަން ކަމަށެވެ.
"ދިގުރަށުގައި އޮންނަނީ އެމްޑީޕީ ކައުންސިލެއް. އެމީހުން ބޭނުންވަނީ މިސްކިތަށް ރައީސް ސޯލިހަށް ނިސްބަތްކޮށް ނަން ކިޔަން. ރައީސް ސޯލިހުގެ އިޒުނަ ނެތި އަޅުގަނޑުމެންނަށް ހުއްދަ ނުދެވޭނެ ދޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ސޯލިހަށް ނިސްބަތްކޮށް ދިގުރަށުގެ މިސްކިތަށް ނަމެއް ކިޔަން އެމަނިކުފާނު ވެސް ބޭނުންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ދިގުރަށް ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން އަދަދު އަށް ވިދާޅުވީ މިސްކިތަށް މަސްޖިދުލް ސާލިހް ކިޔަން ކައުންސިލުން ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު އެންމެ ގިނަ މީހުން އެ ނަން ކިޔަން ހިޔާލު ހުށަހަޅާފައިވާތީ ކަމަށެވެ.
ދިގުރަށް މިސްކިތަށް މަސްޖިދުލް ސޯލިހު ކިޔަން ފާސްކުރީ މެއި 20، ގައި ބޭއްވި ކައުންސިލް ޖަލްސާގަ އެވެ. އެ ނިންމުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވީ މެއި 26، ގަ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިއިރު ދިގުރަށް މިސްކިތުގެ ބޮޑުބައެއްގެ މަސައްކަތް ވަނީ ނިމިފަ އެވެ. ނަމަވެސް ޝަހީމް ވިދާޅުވީ މިސްކިތުގެ ބޮޑުބައެއްގެ މަސައްކަތް ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީ މިހާރުގެ ސަރުކާރުން ކަމަށެވެ.
އުސްމާން ވިދާޅުވީ މި ސަރުކާރު އައި ފަހުން ދިގުރަށް މިސްކިތުގައި ކުރިއަށްދިޔައީ ފިނިޝިންގެ މަދު މަސައްކަތެއް ކަމަށާއި މިދިޔަ ވެރިކަމުގައި އެ މިސްކިތުގެ ބޮޑުބައެއް ނިންމާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވާ ގޮތުން މިސްކިތުގެ ބީއޯކިއުގައި މުންނާރެއް ވެސް ނެތުމުން، ފިނޭންސުން އެކަމަށް އެޕްރޫވަލް ލިބިފައިވާ ކަމަށާއި، އަމާޒަކީ ވީހާވެސް އަވަހަށް މިސްކިތް ހުޅުވުން ކަމަށެވެ.
ނަމަވެސް މިދިޔަ ސަރުކާރުގައި މިސްކިތުގެ މަސައްކަތް ކުރަމުންދިޔައިރުވެސް ކުރެހުމުގައި މުންނާރު ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.
ދިގުރަށް މިސްކިތުގެ މަސައްކަތް ކުރަމުންދަނީ އަލާފް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ މަސައްކަތަށް ޖުމްލަ 8.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ދިގުރަށު މިސްކިތަށް "މަސްޖިދުލް ސާލިހް" ކިޔާތީ ނަން ފާސްކުރަން ސަރުކާރުން ދެކޮޅު ހަދަނީ ދިގުރަށު މިސްކިތަށް "މަސްޖިދުލް ސާލިހް" ކިޔާތީ ނަން ފާސްކުރަން ސަރުކާރުން ދެކޮޅު ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ