އިންޑިއާގެ ސައުތު ބަތަލާ އައިޝްވާރިޔާ ރާއްޖޭގައި
އިންޑިއާގެ ސައުތު ސިނަމާގެ ފިލްމުތަކުން ފެންނަ ޒުވާން ބަތަލާ އައިޝްވާރިޔާ ދެވާން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ. އާއްމުކޮށް މަޅަޔާލަމް، ތަމަޅަ އަދި ކަންނާޑާ ސިނަމާ ފިލްމުތަކުން ފެންނަ އައިޝްވާރިޔާ ވަނީ ބަތަލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ބަޔާންކޮށް ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައްކާލާފައެވެ. ސައުތު ސިނަމާގެ އިތުރުން ބޮލީވުޑް ފިލްމަކުން ވެސް ފެނިފައިވާ ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސީދާ ކޮން ރިސޯޓެއްގައި ހާމަކޮށްފައި ނެތް ނަމަވެސް ބަތަލާ ވަނީ މ.އަތޮޅު މުއްޔަށް ދަތުރުކޮށްފައިވާ ފޮޓޯތަކެއް ބަތަލާގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ފިލްމީ ދާއިރާގައި ހަރަކާތްތެރިވުމުގެ އިތުރުން އައިޝްވާރިޔާ އަކީ މޮޑެލް ކުރުމުގެ ދާއިރާގައި ވެސް ވަރަށް މަގުބޫލު ފަރާތެކެވެ. އެގޮތުން ބަތަލާއަށް ވަނީ 2017 ވަނަ އަހަރުގެ "ފެމިނާ މިސް އިންޑިއާ"ގެ ތާޖު ވެސް ލިބިފައެވެ. މިހާތަނަށް އަލަށް ރާއްޖެއަށް ކުރި ދަތުރުގެ ތަޖުރިބާ ހިއްސާ ކުރަމުން އައިޝްވާރިޔާ ވަނީ ރާއްޖޭގެ ރީތިކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ޤައުމަށްވާއިރު މިހާތަނަށް ގިނައިން ރާއްޖެ އައިސްފައި ވަނީ ބޮލީވުޑްގެ ފިލްމީ ތަރިންނެވެ. ނަމަވެސް އިންޑިއާގެ ސައުތު ސިނަމާގެ ތަރިން ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަ މިންވަރު އަންނަނީ ކުރިއަށްވުރެ އިތުރުވަމުންނެވެ. އެގޮތުން މިފަހުން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރި ސައުތު ބަތަލާއިންގެތެރޭ ކާޖަލް އަގަރްވާލްގެ އާއިލާ ވެސް ހިމެނެއެވެ. ކާޖަލް ވަނީ މިއަހަރުތެރޭ ރާއްޖެއަށް ދެ ފަހަރު މަތިން ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ