ދުންޔާ މައުމޫން އަނެއްކާ ވެސް ޕީޕީއެމަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ކުރިން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާ މައުމޫން މިއަދު ޕީޕީއެމަށް ސޮއި ކުރައްވައިފިއެވެ އޭނާ ޕީޕީއެމަށް ސޮއި ކުރެއްވީ މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި އެ ޕާޓީގެ ކެމްޕޭން ޖަލްސާއެއްގައެވެ. ދުންޔާ މައުމޫނުގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. ޕީޕީއެމަށް މިއަދު ސޮއި ކުރެއްވިއިރު ދުންޔާ މައުމޫނަކީ އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައި އޮތް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސެވެ. ބައްޕާފުޅު މަައުމޫނާ އެކު މީގެ ކުރިން ދުންޔާ ވަނީ ޑީއާރުޕީއާއި ޕީޕީއެމްގައި ވެސް މަސައްކަތް ކުރައްވައިފައެވެ. މިދިޔަ ޕީޕީއެމް ވެރިކަމުގައި ދުންޔާ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގައެވެ. އެކަމަކު، އެ ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު އެ މަގާމުން އިސްތިއުފާދެއްވީއެވެ. އޭގެ ފަހުން އަނެއްކާ ވެސް ޕީޕީއެމާ ގުޅި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. ދުންޔާ އެމްއެމްޕީއާ ގުޅުނީ މިދިޔަ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ