ދިމާވި މައްސަލައަކާއި ގުޅިގެން، ވެރިރަށް މާލެއިން ކަރަންޓު ކެނޑުނު ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފިއެވެ.
މާލެއަށް ކަރަންޓު ފޯރުކޮށް ދެމުންދާ ފީޑަރުތަކުގެ ތެރެއިން ފީޑަރެއް ނިވި، ރޭ ފަތިސްވާން އުޅެނިކޮށް މައްޗަންގޮޅިއާއި، މާފަންނުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
ސްޓެލްކޯ އިން އޭރު ބުނީ، ފީޑަރު ނިވެން މެދުވެރިވި ސަބަބު ދެނަގަނެ ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށެވެ. އަދި މިހާރު، ޚިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ލިބެއެވެ.
ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން. https://t.co/cpL1m6Sczg
— STELCO (@STELCOMALDIVES) January 2, 2024
ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުން ދިމާވި ދަތިތަކަށް، މަޢާފަށް ވެސް އެދިފައެވެ.
މާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ