“ހޫނު” ވެގެން ބިލްތައް ބޮޑުވެފައި ވަނީ މާލެއަށް އެކަނި! “ރާއްޖެތެރެއަށް ވިންޓަރ އައިސްގެން ސްނޯ ފޭބިތޯ، ރައްޔިތުން ދަނީ ސަރުކާރާއި ސުވާލު ކުރަމުން! ބިލްތައް ވަނީ އޮޅުވާލާފައި!

“ހޫނު” ވެގެން ބިލްތައް ބޮޑުވެފައި ވަނީ މާލެއަށް އެކަނި ކަމާއި، ރާއްޖޭގެ އެހެނިހެން ރަށްރަށުގެ ބިލްތައް ބޮޑުވެފައި ނުވާކަން ދިޔަވަރު ނޫހުން ބެލި ބެލުމުން ހާމަ ވެއްޖެއެވެ. ރާއްޖޭގެ އެކި ރަށްރަށުން އެކި ގެތަކުގެ ބިލްތައް ހޯދައިގެން ބެލި ބެލުމުން، އަދި ރަށްރަށުގެ ގިނަ ބަޔަކާއި ސުވާލު ކޮށްގެން ހޯދި މައުލޫމާތުން ސާފުވެފައިވަނީ، ބިލްތައް ރާއްޖެތެރޭ ރަށްރަށުގައި މިގޮތަށް އިތުރަށް ބޮޑުވެފައި ނުވާކަމެވެ.
މާލޭގެ ދިރިއުޅޭ މީހުންގެ ބިލްތައް ވަނީ އެތައް ގުނައަކަށް ބޮޑުވެފައެވެ. ބިލްތައް ބޮޑުވެފައިވާ ސަބަބު ދިޔަވަރު ނޫހަށް މައުލޫމާތު ދިން ސްޓެލްކޯގެ މުއައްޒަފެއް ވަނީ ހިއްސާ ކޮށްދީފައެވެ.
ކަރަންޓް ގިނައިން ބޭނުންވާ، އޭސީ ތަކާއި، ޓީވީއާއި، ދޮންނަ މެޝިން ކަހަލަ ތަކެއްޗަށް ކަރަންޓް ބޭނުންވާ ވަކި ވަރެއް އޮވެއެވެ. ސްޓެލްކޯ އިން ކުރާ ކަމަކީ އެތަކެއްޗަށް ބޭނުންވާ ވަރަށްވުރެ ކުޑަ ތަންކޮޅެއް ދޭ ކަރަންޓު ނުވަތަ ވޯލްޓޭޖް ޖަނެރޭޓަރުތަކުން މަދު ކޮށްލަނީއެވެ. އޭސީ އާއި ދޮންނަމެޝިން ފަދަ ތަކެތި ފަރުމާކުރެވިފައި ވަނީ އެތަކެތީގެ މަސައްކަތް ނުހުއްޓި ކުރިއަށް ގެންދިއުމަށް، އެއަށް ބޭނުންވާ ކަރަންޓް މަތީ އެމްޕިއަރސް އިން ނެގުމެވެ. މިތަކެއްޗަށް ބޭނުންވާ ވަރަށް ވުރެ މަދުކޮށް ކަރަންޓް ދޫކުރުމުން، އިތުރަށް ކަރަންޓް ހޯދުމަށް އެތަކެތި މަސައްކަތް ފަށައެވެ. އޭގެ ބާރު މި ކުރަނީ މީޓަރަށެވެ. ނަތީޖާއަކަށް ވަނީ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރު ނުވިއަސް، އިތުރުވެފައި ވާ ކަމަށް މީޓަރުން ދެއްކުން ކަމުގައި އޭނާ ކިޔައި ދިނެވެ. އޭނާ ހާމަ ކޮށްފައިވާ ގޮތުގައި މިއީ ޖިނާއީ ކުށެކެވެ. އަދި މިކަމުގައި ސްޓެލްކޯގެ އިންޖިނިއަރުން ބައިވެރިވާ ކަމަށް އޭނާ މައުލޫމާތު ދީފައި ވެއެވެ.
ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކުން މިކަން މިގޮތަށް ކުރުމަކީ ބޭރު ދުނިޔޭގައި ޤާނޫނުން މަނާ ކޮށްފައިވާ ކަމެކެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް އުސޫލުތަކެއް ހެދި، ވަކި ހަމަތަކެއްގެ ތެރެއިން ވަކި މޮނިޓަރީ އިދާރާއަކުން ކަރަންޓް ދިނުމުގައި މިފަދަ މަކަރު ހަދަމުންދޭތޯ އާންމުކޮށް ބަލައި ހަދައެވެ. މިއިން އެއްވެސް ކަމެއް ރާއްޖޭގައި ނުބަލައެވެ. އެނާރޖީ އޮތޯރިޓީއާއި، އެންވަރމެންޓް މިނިސްޓްރީއަށް ވުރެ ސްޓެލްކޯގެ އިންޖިނިއަރުންގެ ބާރު އަބަދުވެސް ގަދަ ކަމަށް އޭނާ މައުލޫމާތު ދެއެވެ.
ފަހުގެ ކޮލިޓީ މީޓަރު ތަކަކީ މި ގޮތަށް ކަރަންޓުގެ ޚިދުމަތް ދޭތަންތަނުން ގެންނަ ”ފްލެކްޗުއޭޝަން“ގެ ސަބަބުން މީޓަރު އަވަސް ނުވާހެން ހަދާފައި ހުންނަ މީޓަރު ތަކެކެވެ. ނަމަވެސް ރާއްޖޭގައި ބޭނުން ކުރަނީ މިފަދަ ކޮލިޓީ މީޓަރު ތަކެއް ނޫނެވެ. އަދި އެފަދަ ކޮލިޓީ މީޓަރުތައް ބޭނުން ކުރުންވެސް ސްޓެލްކޯއިން އޮންނަނީ މަނާ ކޮށްފައެވެ. ސްޓެލްކޯ އިން ހުއްދަ ދޭ ވަކި މީޓަރު ތަކެއް ނޫނީ ހަރުކުރުމުގެ ހުއްދައެއް ނޯވެއެވެ.
މީގެ އިތުރުން ބައެއް މަސްމަހުގައި ސްޓެލްކޯއިން ބިލްކޮށްފައި ވަނީ، 100 ޔުނިޓް ހަމަ ނުވަނީސް ޗާރޖް ކުރާ ބޭންޑް ބަދަލު ކޮށްގެންނެވެ. ނަމަވެސް ކަރަންޓަށް ބިލް ކުރާ ގޮތް ރައްޔިތުންނަށް ނޭނގޭތީ، ބިލުން މިފަދަ އެތައް މަކަރެއް ސްޓެލްކޯ އިން ދަނީ ހަދަމުންނެވެ.
ކަރަންޓް ބިލް ގަސްތުގައި މަކަރު ހަދައިގެން ބޮޑުކޮށްފައި ވާތީ އާންމުން ވަނީ އިއްޔެ ސްޓެލްކޯ ކުރިމަތީ މުޒާހަރާ ކޮށްފައެވެ. އަދި ސަރުކާރުން މި މައްސަލަ ހައްލު ކުރަން އެދެވޭ އެއްވެސް މަސައްކަތެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ