ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ސިފައިންގެ ވަޒިފާއިން ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ.ޢަބްދުއްރަޙީމް ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ ފެބްރުއަރީ 18، 1985 ގައެވެ. ސިފައިންގޭގައި އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި:ޗީފް އޮފް ޑިފެންސް ފޯސްވައިސް ޗީފް އޮފް ޑިފެންސް ފޯސްސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަންކޯ ކޮމާންޑަރުކަންއޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަންސިފައިންގެ ތަރުޖަމާނުކަންސިފައިންގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމުޢަބްދުއްރަޙީމްގެ ޚިދުމަތާ ގުޅިގެން 12 މެޑައްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. އަދި، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާތީ ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ ގައުމީ އިނާމު ވެސް 2021 ވަނަ އަހަރު ހާސިލުކުރެއްވި އެވެ.ސިފައިންގެ މައިމަރުކަޒުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަށް، ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައިވެއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި، އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އާ ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު، މުހައްމަދު ޣައްސާން މައުމޫންއެވެ.މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަހީމް އާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ