އެމްޑީޕީގެ ގައުމީ މަޖިލީސް މިރޭ އެއްވަނީ

މިއީ އެ ޕާޓީގެ ބާނީގެ ގޮތުގައި ބަލާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެމްޑީޕީ ދޫކޮށްލެއްވުމުން އެ މަނިކުފާނާ ނުލައި އެ ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޖެހުނު ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.  
މިރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވަނީ 8:30 ގައި ޕާޓީގެ އޮފީހުގަ އެވެ. އެކަމަކު މިރޭގެ އެ ޖަލްސާގެ އެޖެންޑާ ސާފެއް ނުވެއެވެ. ބެލެވިފައިވާ ގޮތުން މިރޭގެ އެ ޖަލްސާގައި އޮންނާނީ މިދިއަ މަހު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ޕާޓީ އަލުން ތަރުތީބު ކުރުމާއި އިދިކޮޅުގެ ގޮތުގައި އެ ޕާޓީގެ ހަރަކާތްތައް ހިންގާނެ ގޮތްތަކާމެދު ހިޔާލު ފާޅުކޮށް މަޝްވަރާ ކުރުމެވެ. -- މިއީ އެ ޕާޓީގެ ބާނީގެ ގޮތުގައި ބަލާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެމްޑީޕީ ދޫކޮށްލެއްވުމުން އެ މަނިކުފާނާ ނުލައި އެ ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާން ޖެހުނު ފުރަތަމަ ފަހަރެވެ. އަލަށް އިންތިންހާބު ކުރި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ މަޖިލީހުގައި ހިމެނޭ 93 ދާއިރާގެ ތެރެއިން އެމްޑީޕީއަށް ލިބުނީ 12 ދާއިރާގެ ގޮނޑި އެވެ. އެއާ ހިލާފަށް ވެރިކަމުގައި އޮތް ކޮންގްރެސްޕާޓީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދުމާއެކު މިނިވަން މެންބަރުންގެ ގޮތުގައި ހޮވި ވަޑައިގެންނެވި ގާތްގަނޑަކަށް ހުރިހާ މެންބަރުން ވެސް ވަނީ ކޮންގްރެސްއަށް ގެންގޮސްފަ އެވެ. އަދި މީދޫ ދާއިރާއަށް ހޮވި ވަޑައިގެންނެވި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި މާމިގިލީ ދާއިރާއަށް ހޮވި ވަޑައިގެންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި މާފަންނު އުތުރު ދާއިރާއަށް ހޮވި ވަޑައިގެންނެވި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ ތާއީދު ވެސް އޮތީ ވެރިކަމުގައި އޮތް ކޮންގްރެސް އަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ