އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ

މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބަށް ފަހު ސިޔާސީ ހަރަކާތްތައް އެއްކޮށްހެން ހުއްޓިފައި އޮތް ރާއްޖޭގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި އަދި އެ ޕާޓީން ހާމައެއް ނުކުރެ އެވެ.އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީއަށްފަހު އެކަމުން އަރައިގަތުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ގޮތުން މިރޭ ޕާޓީގެ ގައުމީ ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.މިދިޔަ މަހުގެ 21 ގައި ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީ އަށް ލިބުނީ އެންމެ 12 ގަޑި އެވެ. ޖުމްލަ 93 ދާއިރާ ހިމެނޭ މަޖިލީހުން އެހާ މަދު އަދަދެއްގެ ގޮނޑި ލިބުމާ ގުޅިގެން ފައްޔާޒު ވިދާޅުވެފައި ވަނީ އެއީ ވަރަށް ބޮޑު މާޔޫސީއެއް ގެނެސްދިން ނަތީޖާއެއް ކަމަށެވެ.ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި އެމްޑީޕީ ސާބިތުކަމާ އެކީ ދެމިއޮންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ. މަޖިލިސް އިންތިހާބަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު. އެމްޑީޕީ އަށް ކުރިމަތިލާން ޖެހުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ