ތުޅާދޫ އާއި ފެހެންދޫ އަދި ގޮއިދޫއާ ފުޅަދޫ ހިމެނޭ ތުޅާދޫ ދާއިރާއަށް ހަންނާނު ވަރަށް ބޮޑު ތަސައްވުރެއް ގެންގުޅުއްވަ އެވެ.
ބ. ތުޅާދޫ ދާއިރާގެ ގޮނޑި އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުލްހަންނާން އަބޫބަކުރު ކާމިޔާބު ކުރައްވައިފި އެވެ.
ވިޔަފާރީގެ ދާއިރާގެ ފާހަގަ ކޮށްލެވޭ ހަންނާން އަކީ ތުޅާދޫ ދާއިރާއަށް އުފަން ބޭފުޅެކެވެ. މި އިންތިހާބު ގައި ހަންނާންއާ އެކު ޕީއެންސީގެ ކެންޑިޑޭޓަކާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ބައެއް ކެންޑިޑޭޓުން ވާދަ ކުރެއްވި އެވެ.ތުޅާދޫ އާއި ފެހެންދޫ އަދި ގޮއިދޫއާ ފުޅަދޫ ހިމެނޭ ތުޅާދޫ ދާއިރާއަށް ހަންނާނު ވަރަށް ބޮޑު ތަސައްވުރެއް ގެންގުޅުއްވަ އެވެ. އެ ދާއިރާ ގައި މިހާރު ވެސް ދެ ރިސޯޓް ތަަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވެސް އެބަ ކުރައްވަ އެވެ. ސަރުކާރާއި ގުޅިގެން ތުޅާދޫ ދާއިރާގައި އެއާޕޯޓެއް އެޅުމަކީ ވެސް ހަންނާންގެ ވައުދެކެވެ.ހަންނާންއާ އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ހަސަން ނިޒާމް (ކައްޑެ) އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ތުޅާދޫ ދާއިރާގެ ގޮނޑި އަބްދުލްހަންނާނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ