ވިއްސާރަވެދާނެތީ އަވަހަށް ވޯޓުލާން ނުކުންނަށް އީސީން އެދިއްޖެ މީދޫ ދާއިރާގެ އަމިއްލަ ކެންޑިޑޭޓް ހިއްޓާ، ސަރުކާރުގެ ކެންޑިޑޭޓް އިޔާޒަށް ތާއީދު ކުރައްވަން ނިންމަވައިފި ސަރުކާރުގެ ވައުދުތައް ހަގީގަތަކަށް ހެދުމަށް މީދޫ ދާއިރާގެ ގޮނޑިއަށް ހޮވަންޖެހެނީ އިޔާޒު-

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިޔަށްދާއިރު ހުރިހާ ފުލުހުންނަށް އެއްބާރުލުން ދިނުމަށް ފުލުހުންގެ ކޮމާންޑަރ އަބްދުﷲ ޝަރީފް އެދިލައްވައިފިއެވެ.
މާދަން އޮންނަ މަޖިލިސް އިންތިހާބާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފްު ރައްޔިތުންގެ ކިނބައިން އެދިލެއްވީ ވޯޓުލުން ކުރިޔަށްދާއިރު މަގުމަތީގައި ޓްރެފިކްގެ ބޮޑުވާނެ ކަމަށާއި ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާއިރު ފުލުހުންނަށް އެއްބާރުލުންދީ އެގޮތަށް ކަންތައް ކޮށްދިނުމަށެވެ.
“އާންމު ރައްޔިތުންވެސް އަޅުގަނޑު އެދެނީ ފުލުހުން ހަރަކާތްތެރިވަމުންދާއިރު ފުލުހުން އެދޭ ގޮތަކަށް ނޫނީ އެ ތަރުތީބުކުރާ ގޮތަކަށް ކަންތައްތައް ބަހައްޓައިދިނުމަށް. އަދި ޕާކިންގ ކަންތައްތައް އެގޮތަށް ކުރިޔަށް ގެންގޮސް ދިނުމަށް.”، ޝަރީފް ވިދާޅުވިއެވެ.
ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ގޮތުން ހެވީލޯޑް ވެހިކަލްތައް މާދަމާ ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.
އަތޮޅުތެރެއާއި ރާއްޖެއިން ބޭރު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ފުލުހުން އިންތިހާބާއި ގުޅިގެން ރަށްރަށަށް ފޮނުވިފައިވާ ކަމަށާއި އަތޮޅުތެރޭގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން ސެކިއުރިޓީ ކަންތައް ބެލެހެއްޓުމަށްޓަކައި 322 ފުލުހުން ފޮނުވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މާލޭގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި 266 ފުލުހުން އިތުރު ކުރެވުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި ހަމައެއާއެކު އެލާޓް ސްޓޭޓް ބަދަލުވި ހިސާބުން ފެށިގެން ފުލުހުންގެ މުޅި މުއައްސަސާ މިވަނީ މިކަމަށް ތައްޔާރުވެފައި ކަމަށާއި އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދޭ ހިސާބަށް އަތުވެއްޖެ އެ މުއައްސަސާއިން ވަނީ އެކަމަށްވެސް ތައްޔާރީތައްވެފައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން އިންތިހާބާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާ މައުލޫމާތުތައް ފޯރުކޯށްދީފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ