ޑިމޮކްރެޓްސްގެ 2 ދާއިރާގެ ޕްރައިމަރީ ނިންމާ ވަގުތީ ނަތީޖާ އިއުލާންކޮށްފި

ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު އާއި މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ފިރުޝާން އެ ޕާޓީގެ ޓިކެޓު ކަށަވަރުކޮށްފި އެވެ.މިއަދު ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގައި ސައިފް ވާދަކުރެއްވީ ހެންވޭރު ދެކުނު ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓަށް އޭނާއާ ވާދަ ކުރީ އަހުމަދު އަސްވަން ނުއުމާން އެވެ.އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސައިފް އަށް ވަނީ ޖުމުލަ 27 ވޯޓުގެ ތެރެއިން 15 ވޯޓު ލިބިލައްވައިފަ އެވެ. އަސްވަންއަށް ލިބުނީ 12 ވޯޓެވެ.ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވީ 19 ވަނަ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އެ ދާއިރާއަށް 129 މީހުން ވޯޓުލާފައިވާއިރު ފިރުޝާން ޕްރައިމަރީ ކާމިޔާބު ކުރެއްވީ 74 ވޯޓުންނެވެ.އަންނަ މާޗު މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ޖުމްލަ 41 ދާއިރާއެއްގެ ޓިކެޓް މިހާރު ޑިމޮކްރެޓްސްގެ މެންބަރުންނަށް ވަނީ ކަށަވަރުވެފައެވެ. މީގެ ތެރެއިން 39 ފަރާތަކަށް ޓިކެޓް ކަށަވަރުވެފައިވަނީ އެ ދާއިރާތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުންނެވެ.މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ޑިމޮކްރެޓްސް އިން ވަނީ ނިންމާފައެވެ. އެހެންވެ މިހާތަނަށް އެއްވެސް މީހަކު ކުރިމަތިނުލާ ދާއިރާތަކަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ވަގުތު ނެތުމުން ޕްރައިމަރީ ނުބާއްވާ ޕާޓީން ބޭނުން މީހަކަށް ޓިކެޓް ދޭން ނިންމާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.މަޖިލިހުގެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ