އަދާލަތުގެ އިންތިހާބު އިކްރާމް ބޮއިކޮޓްކޮށްފި
އަދާލަތު ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާ ޑރ. އިކްރާމް އަބްދުއްސައްތާރު ރައީސް ހޮވާ އިންތިހާބު ބޮއިކޮޓް ކުރައްވަން ނިންމަވައިފި އެވެ.ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވަމުން ގެންދެވީ އިކްރާމުގެ އިތުރުން އަދާލަތު ޕާޓީގެ މިހާރު ޕާޓީގެ ނައިބު ރައީސް ޝައިހް މުހައްމަދު ޝިފާނެވެ.އިންތިހާބު ބޭއްވުމަށް ނިންމާފައި އޮތީ މިމަހުގެ 31 ވަނަ ދުވަހު އީ-ވޯޓިން އުސޫލުންނެވެ.އިކްރާމު ހުށަހެޅުއްވީ އީ-ވޯޓިންގެ ބަދަލުގައި ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އިކްރާމް އިންތިހާބު ބޮއިކޮޓް ކުރެއްވި އިރު، އަދާލަތުން ވަނީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް ބުނެފަ އެވެ. އަދި އީ-ވޯޓިން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.އަދާލަތުން ބުނީ ވޯޓުލާން ބޭނުން ކުރަނީ ރާއްޖޭގައި އިތުބާރު ލިބި، އިދާރާތަކުގައި ވޯޓު ލުމަށް ބޭނުންކުރާ 'ފަހި ވޯޓު' ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ