ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓް ކުރި މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ

ޚަބަރެއް ނުވެގެން ފުލުހަށް ރިޕޯޓްކުރި މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ރ. ރަސްގެތީމު ސޯސަންގެ އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފްގެ ޚަބަރެއް ނުވެ 2 ދުވަސްވެފައިވާ ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރޭ 21:53ހާއިރު އޭނާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އެމީހާ ނިޔާވެފަ އޮއްވާ ފެނިފައި ވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އިބްރާހީމް ޔޫސުފަކީ އެކަނި ދިރިއުޅެމުންދިޔަ މީހެކެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައެއް ނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ