އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ސްޕާސް އާއި އާސެނަލް ބައްދަލުކުރި ބޮޑުމެޗް އާސެނަލް ކާމިޔާބުކޮށް، ލީގް ހޯދުމުގެ ރޭހުގެ ކުރީގައި ހަމަޖެހިލައިފިއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މިމެޗް، އާސެނަލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި އާސެނަލްގެ ތަރިއަކަށްވީ އެބެރޭޗީ އެޒޭ އެވެ. އެޒޭ ވަނީ މިމެޗްގައި ދެ ލަނޑު ޖަހާފައެވެ. މެޗްގައި އާސެނަލަށް ގޯލް ހުޅުވާލަދިނީވެސް އެޒޭ އެވެ. އެއީ މެޗްގެ 32 ވަނަ މިނެޓް ތެރޭގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އެޒޭ ލަނޑެއް ޖަހައި ކުރިހޯދާފައިވަނިކޮށް ސްޕާސްގެ ކޯލޯ މުއާނީ ވަނީ އޭގެ މިނެޓެއް ފަހުން ލަނޑެއް ޖަހައި އާސެނަލް ހާސްކޮށްލާފައެވެ. މުޅި މެޗްގައިވެސް އާސެނަލް ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މެޗްގައި ދެވަނަ ފަހަރަށް އާސެނަލަށް ލީޑށް ނަގައިދިނީ ދެވަނަ ހާފްގެ ކުޅުން ފެށިތާ މާ ގިނައިރުތަކެއްނުވެ ގިޔޮކޯރެސް އެވެ. މެޗްގައި އާސެނަލްގެ ތިންވަނަ ލަނޑު 61 ވަނަ މިނެޓް ތެރޭގައި އެޒޭ ކާމިޔާބުކޮށްދިން އިރު، ފަހުލަނޑު ކާމިޔާބުކޮށްދުނީ ގިޔޮކޯރެސް އެވެ.
މިމެޗުން ލިބުނު މޮޅާއެކު އާސެނަލަށް ވަނީ ޕްރިމިއާ ލީގް ތާވަލްގައި އެއްމެޗް އިިތުރަށްކުޅެ 5 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ.
ލީގް ޕޮއިންޓް ތާވަލް... މައުލޫމާތު: ލައިވް ސްކޯ
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ވަނީ އޭނާގެ ކުޅުންތެރިންގެ ކުޅުމަށް ވަރަށްބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. އެގޮތުން މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރިގޮތަށް ކުޅުންތެރިންގެ ފަރާތުން މޮޅުވުމުގެ ރޫހު ކިތަންމެހާވެސް ރަނގަޅަކަށް ފެނިގެން ގޮސްފައިވާކަމަށް އަޓޭޓާ ބުންޏެވެ.
ސްޕާސް އަތުން މޮޅުވެ، ލީގް ހޯދުމުގެ ރޭހުގެ ކުރީގައި އާސެނަލް ހަމަޖެހިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ