އޮއިވަރު މެންޓަލް ހެލްތު ރިސާޗު ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
ތަފްސީލް - އޮއިވަރު މެންޓަލް ހެލްތު ރިސާޗު ކޮންފަރެންސް ބާއްވަނީ މޭ 16 އަދި 17ގައި ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.
މި ކޮންފަރެންސްގެ މަގްސަދަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާއި ދިރާސާވެރިން އަދި މި ދާއިރާގެ އެކިއެކި ފަރާތްތަކާ އެކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި މަޝްވަރާތައްކޮށް މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ބީއެމްއެލް އިން މުހިންމު އަހުމިއްޔަތުކަމެއްދީ ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، މުޖުތަމައުތަކުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ވެސް އެ ބޭންކުން އިސްކަންދެ އެވެ.
މެންޓަލް ހެލްތު ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ