ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، މި ދާއިރާއިން ކުރެވޭ ދިރާސާތައް ފުޅާކުރުމަށް ބާއްވާ “އޮއިވަރު މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސް” ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 16 އާއި 17 ގައެވެ. ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ މި ހަރަކާތަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންނާއި، ނަފްސާނީ ސިއްހަތުގެ ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުވެ، މުހިންމު މަޝްވަރާތަކެއް ކުރުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.
ބީއެމްއެލް އިން ބުނީ، މުޖުތަމައުގެ ދުޅަހެޔޮކަން ކުރިއެރުވުމަށާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަކީ އެ ބޭންކުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މިފަދަ ކޮންފަރެންސެއްގެ ސަބަބުން މި ދާއިރާގެ ދިރާސާތައް ކުރިއަރައި، އާންމުންގެ ހޭލުންތެރިކަން އިތުރުވުމަށް މަގުފަހިވާނެ ކަމަށް ވެސް ބޭންކުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ބީއެމްއެލް އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވެދޭ ކުންފުންޏަކަށް ވާތީ، އިޖުތިމާއީ ގޮތުން މުހިންމު މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
200 އަށްވުރެ ގިނަ އާއިލާއަށް ބީއެމްއެލްގެ މުވައްޒަފުންގެ ފަރާތުން ރޯދަ ހަދިޔާ ރާއްޖޭގައި އޭއައި ސެންޓަރެއް ހަދަން ބީއެމްއެލްގެ އެހީތެރިކަން ރޯދަ މަހުގެ އުމްރާވެރިންނަށް ޑޮލަރު ދޫކުރުމުގެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފި ބީއެމްއެލްގެ ބޯހިޔާވަހިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ