ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން، އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމުގެ ޝައުގުވެރިކަން ހުރި، ނަމަވެސް މާލީ ދަތިތަކާހުރެ އެ ފުރުސަތު ލިބިފައިނުވާ ދަރިވަރުންނަށް ހާއްސަކޮށްގެން "އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމް" ގެ ނަމުގައި ހިލޭ ކިޔެވުމުގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
އެޓްމޮސްފިއާ ފައުންޑޭޝަންގެ މާލީ އެހީތެރިކަމާއެކު، ތައުލީމީ ގޮތުން ގާބިލު އަދި ހުނަރުވެރި ދަރިވަރުން ބިނާކުރުމަށްޓަކައި ކުރިއަށްގެންދާ މި ސްކީމްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގަ އެވެ.
ވިލާ ކޮލެޖުން ބުނީ ޖުމްލަ ތިން ފަރާތަކަށް ސްކީމްގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެއީ ފައުންޑޭޝަން އިން އިންޖިނިއަރިން އިން ދެ ޖާގަ އަދި ބެޗްލާ އޮފް ސިވިލް އިންޖިނިއަރިން އިން އެއް ޖާގަ ކަމަށް އެ ކޮލެޖުން އެވެ.
އެ ކޮލެޖުން ބުނީ ސްކީމްގެ ދަށުން ދަރިވަރުންގެ އެޕްލިކޭޝަން އަދި ރެޖިސްޓްރޭޝަން ފީ، ޓިއުޝަން ފީގެ އިތުރުން ކޯހާ ގުޅޭ އިތުރު ފީތައް ހަމަޖެހިގެންދާނެ ކަމަށެވެ.
އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ 1، ގެ ނިޔަލަށެވެ.
ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން އެކުލަވާލާ ހާއްސަ ކޮމިޓީއަކުންނެވެ.
ދަރިވަރުން ހޮވުމުގައި ބަލާ މިންގަނޑުގެ ދަށުން ތައުލީމީ ނަތީޖާއަށް 40 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މާލީ ހާލަތަށް 40 ޕޮއިންޓް އަދި ޕާސަނަލް ސްޓޭޓްމަންޓަށް 20 ޕޮއިންޓެވެ.
އިންޖިނިއަރިން ސްޕޮންސާޝިޕް ސްކީމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް މެއިލް ކުރުމަށް ވިލާ ކޮލެޖުން އެދެ އެވެ.
ވިލާ ކޮލެޖުން ހިލޭ އިންޖިނިއަރިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ހިލޭ އިންޖިނިއަރިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ