ވައިކަރަދޫގައި 50 ހައުސިން ޔުނިޓު އަޅަން އެޗްޑީސީއަށް
ހދ. ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެކު ސޮއިކޮށްފި އެވެ.ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެޗްޑީސީން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ވައިކަރަދޫގައި އިމާރާތްކުރާނީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް ކަމަށެވެ. އެ މަޝްރޫއު އެޗްޑީސީއާ ހަވާލުކުރީ 480 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ