މަސައްކަތް ފެށުމަށް މާމެންދޫގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ މުހުތާޒު މުހުސިން އާއި، ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހީންގެ އިތުރުން ކޮލަމާފުށި ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމް އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީޙް އަފީފް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މާމެންދޫ މަގު ހެދުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު، މިއީ ރަށްވެހިކަމުގެ ތަރައްޤީއަށް އެ ރަށަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި މަޝްރޫޢަކީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި 138.67 މިލިޔަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން މާމެންދޫގެ 11 މަގެއްގައި ޖުމަލަ 5.47 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.
މި މަޝްރޫޢު ނިމުމުން މާމެންދޫގެ ރައްޔިތުންނާއި އެރަށައް އަރާ ފައިބާ ފަރާއްތަކަށް ފަސޭހަވެ، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ