ޔޫގެންޑާގައި ހަތަރު ކުޑަކުދިން މަރާލި މީހަކަށް މަރުގެ ހުކުމް އިއްވައިފި

ޔޫގެންޑާގެ ވެރިރަށް ކަމްޕާލާގައި ހުންނަ ނާސަރީއެއްގެ ތެރޭގައި، އުމުރުން އެންމެ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ހަތަރު ކުޑަކުދިންނަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ކްރިސްޓޮފަރ އޮކެއްލޯ އޮންޔަމްއަށް މަރުގެ އަދަބު ދިނުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މިދިޔަ އެޕްރީލް މަހުގެ ދެވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި، އޮންޔަމް ނާސަރީއަށް ވަދެފައިވަނީ ކުއްޖެއްގެ ބެލެނިވެރިއަކަށް ވެގެން ކަމަށާއި، އެތަނަށް ވަނުމަށްފަހު ސްކޫލްގެ ގޭޓު ތަޅުލައި އެންމެ ހަތް މިނެޓުގެ ތެރޭގައި ހަތަރު ކުދިންނަށް ވަޅިން ހަމަލާދީ މަރާލާފައިވާ ކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
ޔޫގެންޑާގައި މަރުގެ އަދަބަކީ ގާނޫނީ ގޮތުން ދެވޭ އަދަބެއް ނަމަވެސް، އެ ގައުމުގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒުކޮށްފައިވަނީ މީގެ 20 އަހަރަށްވުރެ ގިނަ ދުވަސް ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ