ރޯދައަށް މަސްދަޅު ބަހަން މާދަމާ ފަށަނީ
ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް މާދަމާ މާލެ ސަރަހައްދުގައި ބަހަން ފަށަން ނިންމައިފި އެވެ.ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރޯދަ ހަދިޔާ ބެހުމަށް ހާއްސަކޮށް ހުޅުވާލާ ޕޯޓަލް މެދުވެރިކޮށް މިއަދު މެންދުރު 12:00ން ފެށިގެން ނަންބަރު ނެގޭނެ ކަމަށެވެ.މި އަހަރުގެ ރޯދަމަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.މާލޭގައި މަސްދަޅުކޭސް ދޫކުރާ ސަރަޙައްދުތައްމިފްކޯ މަރުކަޒުސޯޝަލް ސެންޓަރުއެމްޓީސީސީ ސޯ މިލްހެންވޭރު ބޯޅަ ދަނޑުގަލޮޅު ބޯޅަދަނޑުގެ 4 ސަރަހައްދެއްހުޅުމާލޭގައި މަސްދަޅު ކޭސް ދޫކުރާ ސަރަހައްދުތައްއުމަރު ޒާހިރު ބިލްޑިންޕޮލްކޯ ޓަވަރުގެ ތިރިމުޙައްމަދު ގާސިމް ޕްރީ ސްކޫލްކާމިލް ދީދީ ސްކޫލްހިޔާ ޓަވަރު 10ވިނަރެސް ފްލެޓްވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އާ ހަމައަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.ރަށްރަށާއި ސިޓީތަކަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެސްޓީއޯއިންނެވެ. އަދި މާލެ ފިޔަވާ އެހެން ރަށްރަށުގެ ރޯދަހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަށު ކައުންސިލުތަކުންނެވެ.ރައީސް ވަނީ އަންނަ ރޯދަ މަހު ގޭބިސީތަކުގެ ކަރަންޓު ބިލުން ވެސް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމަވައިފަ އެވެ. އަދި އެ ނިންމެވުމާ އެކު، ޑޮމެސްޓިކް ރޭޓުގައި ބިލު ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު ކަރަންޓު ބިލަށް އެންމެ ގިނަވެގެން އަރާނީ 400ރ. ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ