މިކަމާ ގުޅިގެން ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ބިން ހިއްކާއިރު ކޮންޓްރޯލެއް ނެތި ފެތުރޭ ވެލީގެ ސަބަބުން އެ ސަރަހައްދުގެ މުރަކަތަކަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. ރާއްޖޭގެ ތަރައްގީއަށް ބިން ހިއްކުމާއި ފަޅުފަޅުން ވެލި ނެގުމަކީ ބޭނުންތެރި ކަމެއް ކަމަށް ގަބޫލުފުޅުކުރެއްވިޔަސް، އެކަން ކުރަންވާނީ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ތިމާވެށި ހިމާޔަތްކުރެވޭނެ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި އުސޫލުތައް ދަމަހައްޓައި ތަންފީޒު ކުރުމަކީ ދައުލަތާއި ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެމްއޭސީއެލްއިން ހާމަކޮށްފައިވާ ގޮތުގައި މަޝްރޫއުގެ ފުރަތަމަ ބައިގެ ގޮތުގައި ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރު ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ.
ނުވަ މަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ޝަމްއާން މިނިވަންކޮށްފި ކޮތަޅަކަށް ފައިސާ އަޅައިގެން ޝަމްއާންއަށް ގެންގޮސްދިންކަމަށް ބުނި ލައްސާނަށް ޖަލު ހުކުމެއް މާލެ އާއި އަތޮޅުތެރޭގެ 40 ޖަމިއްޔާއަކާއެކު އެޗްއާރުސީއެމް އިން މުހިއްމު މަޝްވަރާތަކެއް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ