ފުލުހުންގެ ބެލުމުގެ ދަށުގައި، މާލޭ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފިއެވެ.
މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންއިންވެސް ވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މީހަކު މަރުވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަމާއި ގުޅިގެން އިންޓެގްރިޓީ ކޮމިޝަނުގެ ކުއްލި ހާލަތުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ