އަލަށް ފެށި އޮންލައިން ޓިއުޝަން ޕްލެޓްފޯމް، "ލިމިޓްލެސް ލާނިން"ގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދީފައިވާ ކަމަށް އެ ޓިއުޝަން ސެންޓަރުން ބުނެފި އެވެ.
ލިމިޓްލެސް ލާނިންގެ ނަމުގައި އޮންލައިންކޮށް ޓިއުޝަން ހިދުމަތްދޭ ޕްލެޓްފޯމު ތައާރަފްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މި ޕްލެޓްފޯމް ތައާރަފް ކުރީ ފެންވަރު ރަނގަޅު ޓިއުޝަންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ ދަރިވަރުންނަށް ވެސް ފޯރުކޮށްދިނުމެވެ. މި އަމާޒާ އެކު ފެށި މި ޕްލެޓްފޯމުގައި މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ 2،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދީފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
ލިމިޓްލެސް ލާނިން އިން ބުނީ މިއީ މިފަދަ ހިދުމަތެއް ދޭ މަދު ތައުލީމީ ސެންޓަރުންނަށް ކުރު މުއްދަތެއްގެ ތެރޭގައި ހާސިލް ކުރެވޭނެ ކާމިޔާބީއެއް ކަމަށެވެ.
ލިމިޓްލެސް ލާނިންގައި ގްރޭޑް 6 އިން ފެށިގެން 12 އާ ހަމައަށް މުހިންމު ގިނަ މާއްދާތައް ކިޔަވައިދެމުން ދާއިރު، މި މާއްދާތައް ކިޔަވައިދޭ ޓީޗަރުންނަކީ ރާއްޖޭގައި އޮންލައިން އެޑިއުކޭޝަން ތައާރަފްކޮށް، ތަރައްގީ ކުރުމުގައި އިސްދައުރެއް އަދާކޮށްފައިވާ ޓީޗަރުންނެވެ. އޭގެ ތެރޭގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ދާއިރާގައި ހަ އަހަރު ދުވަހަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި އައިޝަތު މަލާހާ (މަލާހާ މިސް) އާއި ރައުފަތު ސޯދިގު (ރައުފަތް ސާ) ވެސް ހިމެނެ އެވެ.
މި ޕްލެޓްފޯމުގެ މަގުސަދަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ދަރިވަރުންނަށް ވެސް މާލެއާ އެއް ފެންވަރެއްގެ ތައުލީމު ލިބޭނެކަން ކަށަވަރުކޮށްދިނުމެވެ. ލިމިޓްލެސް ލާނިން އިން ބުނީ އެ ޕްލެޓްފޯމުން މަސައްކަތްކުރަނީ ހަމައެކަނި ޓިއުޝަން ސެންޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ އިތުރަށް ތަފާތު އީޖާދީ ވަސީލަތްތަކުގެ އެހީގައި ދަރިވަރުންނަށް ކިޔަވައިދީ ދަރިވަރުންނަށް ބޭނުންވާ އަޅާލުން އެންމެ ފުރިހަމައަށް ފޯރުކޮށްދޭން ކަމަށެވެ. އަދި މި ތަނަކީ ހަމައެކަނި ހިދުމަތެއް ދޭ ތަނަކަށް ވުރެ، ދަރިވަރުންގެ ކުރިއެރުމަށް އެހީވެދޭ ބައިވެރިއަކަށް ވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ގިނަ ބެލެނިވެރިންތަކެއް މި ޓިއުޝަން ސެންޓަރު ހިޔާރުކުރަމުން އަންނަ ކަމަށް ބުންޏެވެ.
ލިމިޓްލެސް ލާނިންއިން ބުނީ ޓިއުޝަން ކްލާސްތަކުގެ ވަގުތުތަކުގެ އިތުރަށް، އެކި މާއްދާތަކަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދައި، ފޯނުގައި ދަރިވަރުން ހޭދަކުރާ ވަގުތުތަކުގައި ވެސް ދަރިވަރުންނަށް ފިލާވަޅާ ގުޅޭ މައުލޫމާތު ދިނުމަށް ހާއްސަ ސޯޝަލް މީޑިއާ ކޮންޓެންޓު ތައްޔާރުކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން އެކި ވީޑިއޯތައް ވައިރަލްވެފައި ވާއިރު، މިއީ ދަރިވަރުންނަށް ކްލާހުން ބޭރުގައި ވެސް ކިޔަވައިދިނުމަށް އެ ސެންޓަރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެއް ކަމަށް ބުންޏެވެ.
ލިމިޓްލެސް ލާނިންގެ ސީއެމްއޯ އަބާން ލަތީފް ވިދާޅުވީ މި ޕްލެޓްފޯމުން ގެންގުޅޭ ކޮންސެޕްޓާ އެކު ދަރިވަރުންގެ މެދުގައި ކިޔެވުމަށް އޮންނަ ޝައުގުވެރިކަން އިތުރުވެފައިވާކަމަށެވެ. ޑިޖިޓަލް އެޕްރޯޗެއްގައި ޒަމާނާ ގުޅޭ ގޮތަށް ކިޔައިވައި ދިނުމުގެ ނަތީޖާއެއްގެ ގޮތުން، ދަރިވަރުންނާއި ބެލެނިވެރިންނަކީ މި ޕްލެެޓްފޯމުގެ "ބްރޭންޑް އެމްބެސެޑަރުން"ނަށްވެ، އެ ފަރާތްތަކުގެ އެހީގައި އެ ޕްލެޓްފޯމުގެ ކާމިޔާބީތަކުގެ ވާހަކަތައް ފޯރާފައިވާ ކަމަށެވެ. އަދި މި ޕްލެޓްފޯމާ އެކު ދަރިވަރުން އަމިއްލައަށް އެކި ސުވާލު އުފައްދައި، ތަފާތު އެކި ކަންކަމަށް ވިސްނުން ހިންގާނެ އާ ގޮތްތައް ދަސްވެ، ކިޔެވުމަށް ދަރިވަރުންގެ ޝައުގުވެރިކަން އުފެދިފައިވާ ކަމަށެވެ. ދަރިވަރުން އެކި ކަންކަމަށް ސުވާލު އުފައްދާ ކިޔެވުމަށް ޝައުގުއުފެދުމަކީ އެ ބްރޭންޑުގެ އަމާޒު ކަމަށް އަބާން ވިދާޅުވި އެވެ.
ލިމިޓްލެސް ލާނިންއިން ބުނީ އެ ޕްލެޓްފޯމުން ދެ ވަނައަށް އެންމެ އިސްކަން ދޭ ކަމަކީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންގެ އެހީގައި ފެންވަރު ރަނގަޅު ޕޮލިސީތަކެއް ހެދުން ކަމަށެވެ. އެގޮތުން އެ ޓިއުޝަން ސެންޓަރުން އެޑިއުކޭޝަން ދާއިރާގެ އެންމެ ފުންނާބު އުސް ބައެއް ފަރާތްތަކާ ވަނީ ބައްދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ގިޔާސުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޖަމީލާ އަލީ ހާލިދު އާއި އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް ޑރ. އާމާލް އަލީ ހިމެނެ އެވެ.
މިއީ ރާއްޖޭގެ ތައުލީމު ކުރިއެރުވުމުގައި އެ ފަރާތްތަކާއި ހިޔާލާއި އިރުޝާދު ހޯދުމުގެ ގޮތުން ބޭއްވި ހާއްސަ ބައްދަލުވުމެއްގެ ގޮތުގައި ލިމިޓްލެސް ލާނިންއިން ސިފަކުރެ އެވެ.
ލިމިޓްލެސް ލާނިންގެ ސީއީއޯ ޝައިހާ އަލީ ވިދާޅުވީ ދަރިވަރުންގެ ދިރިއުޅުން ކުރިއަށް ދާނެ ގޮތް ބިނާކުރުމުގައި ދަރިވަރުންގެ ތައުލީމީ ހަޔާތް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އެހެންވެ، އެ ޓިއުޝަން ސެންޓަރުން މި ޒިންމާ ވަރަށް ސީރިއަސްކޮށް ނަގާ ކަމަށާއި އެންމެ ފުރިހަމަ ދަރިވަރުންނަށް ތައުލީމީ މައިދާނުގައި ކުރިއަށް ދާންވީ މަގު ބިނާކޮށްދިނުމަށް، ދާއިރާގެ މާހިރުންގެ ހިޔާލާއި އިރުޝާދު މުހިންމު ކަމަށް ވިދާޅުވި އެވެ.
ލިމިޓްލެސް ލާނިންއިން ބުނީ އެ ޓިއުޝަން ސެންޓަރީ ބެލެނިވެރިންނާއި ވެސް ގާތުން މަސައްކަތްކުރާ ޓިއުޝަން ސެންޓަރެއް ކަމަށެވެ. އެގޮތުން ކޮންމެ ބެލެނިވެރިއަކަށް ވެސް، އެ ކުންފުނީގެ ސީއީއޯ ޝައިހާ އަލީ އާއި ޑައިރެކްޓުކޮށް ވާހަކަ ދެއްކޭނެ ކަމަށާއި ބެލެނިވެރިންގެ ޝަކުވާތަކާއި ކޮންސާންތައް އެ ޓިއުޝަން ސެންޓަރުން އަޑު އަހާނެ ކަމަށް ބުންޏެވެ.
ލިމިޓްލެސް ލާނިންއިން ބުނީ ހަ މަސް ދުވަހުގެ ތެރޭގައި އެ ޕްލެޓްޕޯމަށް 2،000 އަށް ވުރެ ގިނަ ދަރިވަރުން ގުޅުމުގެ ސިއްރަކީ މިފަދަ އެކި ސަބަބުތައް ކަމަށެވެ.
ލިމިޓްލެސް ލާނިންގައި ކޮންމެ މާއްދާއެއްގެ ކްލާސްތަކެއްގައި ވެސް 299ރ. އަށް ބައިވެރިވެވޭނެ އެވެ. ލިމިޓްލެސް ލާނިންގެ ވެބްސައިޓުން މި ޕްލެޓްފޯމަށް ރެޖިސްޓްރީ ކުރާނެ ގޮތުގެ އިތުރު މައުލޫމާތު ލިބޭނެ އެވެ.
ހަ މަސް ދުވަހުގެ ތެރޭގައި ލިމިޓްލެސް ލާނިންގައި 2000އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެ ބޮޑު ކާމިޔާބީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ