ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން، ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން ތިން މަސްދުވަހުގެ މުއްދަތެއް ބީއެމްްއެލް އިން ދީފި އެވެ.
ރުފިޔާ ޑެބިޓު ކާޑުތަކަށް ބީއެމްއެލް އިން ވިއްކާ ޑޮލަރުގެ ލިމިޓަށް ގެނައި ބަދަލުތަކާ ގުޅިގެން އެ ބޭންކުން މިއަދު ބުނީ މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ދިރިއުޅޭ މީހުންގެ ކާޑުތަކަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން، ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހައްދަން ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާނެ ކަމަށާއި އެ މުއްދަތުގައި ބެލެނިވެރިންގެ ކާޑު ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހުނީ މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ޓޫރިސްޓުން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދަށް ވުރެ ނިސްބަތުން ވަރަށް ބޮޑު އަދަދެއްގެ ޑޮލަރު އެފަދަ މުއާމަލާތްތައް ފުރިހަމަކުރުމަށް ވިއްކަން ޖެހިފައިވާތީ އެވެ.
ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިހާރު ވެސް ދުވާލަކަށް 1.33 މިލިއަން ޑޮލަރު ބެންކުން ވިއްކަމުން ގޮސްފައިވާއިރު ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކަށް ބަލައި، އާންމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ކަނޑައެޅިފައިވާ ވަކި އީ-ކޮމާސް ސައިޓްތަކުން ވިޔަފާރިކުރުމަށް ބޭންކުން ދުވާލަކަށް ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން ވިއްކަމުން އަންނަ ކަމަށެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ރާއްޖެއިން އެ ވެބްސައިޓްތަކުން (ބައެއް ރީޓެއިލް ސައިޓްތަކުން) ވިޔަފާރިއެއް ނުކުރެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބޭންކުން ބުނީ އެހެނިހެން ސައިޓްތަކުން ހިދުމަތް ހޯދުމަށް ބުރުލެއް ނާރާނެ ކަމަށާއި އެކަން މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް ފޮނުވާ ނޮޓިފިކޭޝަނަކުން ވެސް ކަސްޓަމަރުންނަށް އަންގަމުންދާ ކަމަށެވެ. ނަމަވެސް، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާއި ނުލައި މުއާމަލާތްތަކަށް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުން މިފަދަ އީޕ-ކޮމާސްގެ ގިނަ މުއާމަލާތްތަކެއް ހިންގުމަކީ އެ ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމަކަށް ވީ ނަމަވެސް، މިވަގުތު ބޭރު ފައިސާގެ އާމްދަނީ ލިބޭ މިންވަރާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުން ޑޮލަރު ވިއްކަން ޖެހޭ މިންވަރަށް ބަލައި، ޒަރޫރީ ބޭނުންތަކަށް ބޭރު ފައިސާ އިގުތިސާދު ކުރުމަށް މި ފިޔަވަޅުތައް އަޅަން ބޭންކަށް މަޖުބޫރުވީ ކަމަށެވެ.
ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ބަލައި، ރުފިޔާ ކާޑުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ލިމިޓަށް ބަދަލުތައް ގެންނާނެ ކަމަށް ވެސް ބީއެމްްއެލް އިން ބުންޏެވެ.
The most trusted news source in the Maldives
ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑު ހިފައިގެން ގޮސް، ބޭރުގައި ކާޑުގެ މުއާމަލާތްތައް ހިންގާ މައްސަލަ ހައްލުކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން، ރާއްޖޭން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރާ "ފޮރިން ސްޕެންޑް ލިމިޓް" ހަމަ=އެކަނި ރާއްޖޭން ބޭރުގައި ތިބޭއިރު އެކްޓިވްވާ ގޮތަށް ބީއެމްއެލް އިން މިދިޔަ ހަފުތާގައި ވަނީ ހަމަޖައްސައިފަ އެވެ.
The most trusted news source in the Maldives
ވިޔަފާރީގެ ބޭނުމަށް ބައެއް މީހުން ވަރަށް ގިނަ އަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓުތަކުން މުދާ ގަންނަން ބޭނުންކުރާތީ، އެ މައްސަލަ ހައްލުކުރުމަށް ބީއެމްއެލް އިން ވަނީ ކޮންމެ ކަސްޓަމަރަކަށް މަހަކު އީ-ކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދަކީ 30 ކަމަށް ކަނޑައަޅައިފަ އެވެ.
ބެލެނިވެރިންގެ ކާޑު ގެންގުޅޭ ކުދިން ސްޓޫޑެންޓް ކާޑު ހަދަން ތިން މަހުގެ މުއްދަތެއް ބީއެމްއެލް އިން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ