ވައިގެ މަގުން ރާއްޖެ އެތެރެކުރި ހަތް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، އެ މީހުންނާ ގުޅުން ހުރި އެޕާޓްމަންޓުތައް ފާސްކުރިއިރު އިތުރަށް މަސްތުވާތަކެތި ފެނިއްޖެ އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ މިދިޔަ އަންގާރަ ދުވަހު އެ އޮޕަރޭޝަން ފެށީ، އޭގެ ކުރީ ދުވަހު ރާއްޖެ އައި ފްލައިޓަކުން ހަތް ކިލޯ އަށް ވުރެ ގިނަ ޑްރަގްސް ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާތީ އެކަމުގެ ތުހުމަތު ކުރެވޭ މީހުން ހޯދުމަށް ކަމަށެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކުރީ؛
- އަބްދުﷲ ރާއިފް، 27 (ލ. ކަލައިދޫ، ހިޔާވަހި)
- އެމްޑީ ޖޯޝިމް އުއްޑިން، 43 (ބަންގްލަދޭޝް)
- މަމުން ދަލި، 32 (ބަންގްލަދޭޝް)
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ރާއިފު ތިން ދުވަހަށް އަދި ބަންގްލަދޭޝްގެ ދެ މީހުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓް ފާސްކުރިއިރު، 13 ކިލޯ އަށް ވުރެ ގިނަ ޑްރަގްސް ވެސް ފެނިފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ހަވާލުކުރި ހަތް ކިލޯ އަށް ވުރެ ގިނަ ޑްރަގާ އެކު އެ އޮޕަރޭޝަނުގައި ޖުމްލަ 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.
ވައިގެ މަގުން ގެނައި ހަތް ކިލޯގެ ޑްރަގާ ގުޅިގެން ފާސްކުރިއިރު އިތުރު 13 ކިލޯގެ ޑްރަގްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ